މިނިސްޓަރ އޮފް އެންވަޔަރަމަންޓް އައިމިނަތު ޝައުނާ | ފޮޓޯ: ރައީސް އޮފީސް

ސަރުކާރުގެ އަމާޒަކީ ތިމާވެށި ހިމާޔަތް ކުރުމާއި ތަރައްގީގެ ތިލަފަތް ހަމަކުރުން ކަމަށް އެންވަޔަރަމެންޓް މިނިސްޓަރ އައިމިނަތު ޝައުނާ ވިދާޅުވެއްޖެއެވެ.

ދުނިޔޭގެ ތިމާވެށީގެ ދުވަހާއި ގުޅިގެން މިނިސްޓަރ ނެރުއްވި ބަޔާނުގައި ވަނީ ތިމާވެށީގެ ރޮނގުން ހޯދަން އަމާޒުހިފާފައިވާ ލަނޑުދަނޑިތަކަށް އަލިއަޅުއްވާލައްވާފައެވެ. މި ބަޔާނުގައި ވަނީ ތިމާވެށި ރައްކާތެރިކުރުމަށް ރޭވިފައިވާ މަސައްކަތްތަކުގެ ވާހަކަވެސް ފާހަގަކުރައްވާފައެވެ.

އެގޮތުން 2030 އާއި ހަމަޔަށް އެންމެ ކުޑަވެގެން ރާއްޖޭގެ ކަނޑާއި ކަނޑާއި ގުޅިފައިވާ ސަރަހައްދުތަކުގެ 20 އިންސައްތަ ހިމާޔަތް ކުރުމަށް މަސައްކަތް ކުރައްވަމުން ގެންދަވާ ކަން ފާހަގަކުރައްވާ އޭނާ ވިދާޅުވީ ދުނިޔޭގެ ކަނޑާއި ކަނޑާއި ގުޅިފައިވާ ސަރަހައްދުތަކުގެ 30 އިންސައްތަ ހިމާޔަތްކުރުމަށް ބައިނަލްއަގްވާމީ މައިދާނުގައި ވެސް ވާކާލާތު ކުރައްވަމުން ގެންދަވާ ކަމަށެވެ.

މީގެ އިތުރުން، ޝައުނާ ވިދާޅުވީ ފަތުރުވެރިކަމާއި މަސްވެރިކަމާއި އަދި ދަނޑުވެރިކަމަށް ރާއްޖެ ބަރޯސާވާއިރު، އެ ސިނާއަތްތަކުން ލިބޭ ނަަފާ ދެމެހެއްޓެވިނި ގޮތެއްގައި ލިބިލިބި ހުންނާނީ ގުދުރަތީ ވަސީލަތްތައް ރައްކާތެރިކޮށް، މޫސުމީ ބަދަލިތަކުން ކުރާ ނޭދެވޭ އަސަރުތައް ތަހައްމަލު ކުރުމުގެ ގާބިލުކަން އިތުރުކޮށް ވަރުގަދަކޮށްގެން ކަމަށެވެ. އަދި ކަނޑުފަޅުތައް ތަޣައްޔަރުވަމުންދާ މައްސަލައަށް އިޝާރާތްކުރައްވާ އޭނާ ވަނީ ކުނި މެނޭޖް ކުރުމާއި ގުޅޭ ގަވާއިދު އިސްލާހު ކުރުމުގެ މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށް ވިދާޅުވެފައެވެ.

މި އިސްލާހު ގެޒެޓް ކުރެވުމުން، ކުނި މެނޭޖްކުރާ މަރުކަޒުތަކުގައި ކުނި ވަކިކޮށް، ފަނާވާޒާތުގެ ކުނިން ކޮމްޕޯސްޓް އުފެއްދުމާއި ރިސައިކަލް ނުވަތަ އަލުން ބޭނުންކުރެވޭ ޒާތުގެ ކުނި އެކްސްޕޯޓު ކުރުމަށާއި އަދި އަންދާލެވޭ ޒާތުގެ ކުނި އިންސިނެރޭޓްކުރުމަށް ލުި ފަސޭހަތަކެއް ލިބިގެންދާނެ

ޝައުނާ ވިދާޅުވީ ސަރުކާރުގެ އަމާޒަކީ ތިމާވެށި ހިމާޔަތްކުރުމާއި ތަރައްގީގެ ތިލަފަތް ހަމަ ކުރުން ކަމަށެވެ. އަދި ތަސައްވުރަކީ މޫސުމީ ބަދަލުތަކުން ކުރާ ނޭދެވޭ އަސަރުތައް ތަހައްމަލު ކުރެވޭފަދަ، ފަންވަރުހުރި އުމްރާނީ ތަރައްގީ ގެނައުން ކަމަށެވެ.

މިއަހަރުގެ ތިމާވެށީގެ ދުވަހުގެ ޝިއާރަކީ މާހައުލީ ނިޒާމުތައް އިޔާދަކުރުމެވެ.

 

 

 

 

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.