މި ޖޫން މަހުގެ މިހާތަނަށް ރާއްޖެ ޒިޔާރާތް ކުރީ 6541 ފަތުރުވެރިން ކަމަށް ޓޫރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.
މިނިސްޓްރީގެ ތަފާސްހިސާބުތަކުން ދައްކާގޮތުގައި ޖޫން މަހުގެ 1 އިން 4 އަކަށް 6541 ފަތުރުވެރިން ރާއްޖެ ޒިޔާރާތްކޮށްފައިވާއިރު އެ މީހުން އެވްރެޖްގޮތެއްގައި ރާއްޖޭގައި މަޑުކުރަނީ 8.9 ދުވަހަށެވެ
ޖޫން އެއް ވަނަ ދުވަހު ރާއްޖެ ޒިޔާރާތް ކުރީ 1,537 ފަތުރުވެރިންނެވެ. އޭގެ އަނެއް ދުވަހު 1,827 ފަތުރުވެރިން ޒިޔާރާތްކުރިއިރު މިމަހުގެ ތިން ވަނަ ދުވަހު 1,607 ފަތުރުވެރިން ޒިޔާރާތްކުރިއެވެ. އަދި އިއްޔެ 1,570 ފަތުރުވެރިން ރާއްޖެ އައިސްފައިވެއެވެ.
މިދިޔަ މެއި މަހު ރާއްޖެއަށް 64,613 ޒިޔާރާތްކުރިއެވެ. އަދި އޭޕްރިލް މަހު 91,200 ފަތުރުވެރިން ޒިޔާރާތްކުރިއިރު، މި އަހަރު އެންމެ ގިނަ ފަތުރުވެރުން އައީ މާޗް މަހުއެވެ. އެ މަހު ރާއްޖެއަށް އެއް ލައްކައަށް ވުރެ ގިނަ ފަތުރުވެރިން ރާއްޖެއައިސްފައިވެއެވެ.
ސަރުކާރުގެ އަމާޒަކީ މިއަހަރު 1.5 މިލިއަން ފަތުރުވެރިން ރާއްޖެއަށް ގެނައުމެވެ. މިހާތަނަށް 460,924 ފަތުރުވެރިން ޒިޔާރާތްކުރިއިރު، މި އަހަރު ނިމެންވާއިރަށް، އަމާޒަށް ވާސިލުވެވޭނެ ކަމުގެ ޔަގީންކަން ޓޫރިޒަމް މިނިސްޓަރ ޑރ. އަބްދުﷲ މައުސޫމް ވަނީ ދެއްވާފައެވެ.