ޚަބަރު
އެސްޓީއޯ އިން ވިއްކާ ތެލުގެ އަގު ހެޔޮކޮށްފި
އެފްއެސްއެމް ފިޔުލް ސްޓޭޝަންގައި މީހުން ތެޔޮ އަޅަނީ -- ފޮޓޯ: އެސްޓީއޯ

ސްޓޭޓް ޓްރޭޑިން އޮގަނައިޒޭޝަން (އެސްޓީއޯ) އިން ވިއްކާ ތެލުގެ އަގު ހެޔޮކޮށްފިއެވެ.

ރާއްޖެއަށް އެންމެ ގިނައިން ތެޔޮ އެތެރެކޮށް ވިއްކާ ސަރުކާރުގެ މެޖޯރިޓީ ހިއްސާ އޮތް، އެސްޓީއޯއިން ބުނީ އެ ކުންފުނީގެ ސަބްސިޑިއާރީ ކުންފުނި، ފިއުލް ސަޕްލައި މޯލްޑިވްސް (އެފްއެސްއެމް)ގެ ޝެޑްތަކުން މިއަދުން ފެށިގެން ވިއްކާ ތެލުގެ އަގު ހެޔޮވާނެ ކަމަށެވެ. އެގޮތުން މިއަދުން ފެށިގެން ޕެޓްރޯލުގެ ލީޓަރަކުން 45 ލާރި، އަދި ޑީސަލް ލީޓަރަކުން 40 ލާރި ހެޔޮކޮށްފައިވާ ކަމަށް އެސްޓީއޯ އިން ވަނީ ބުނެފައެވެ.

އެއާއެކު ދެން ޕެޓްރޯލް ލީޓަރެއް ލިބޭނީ 14.33 ރުފިޔާ އަށެވެ. އަދި ޑީސަލް ލީޓަރެއް 14.62 ރުފިޔާ އަށެވެ.

އެސްޓީއޯ އިން އެންމެ ފަހުން ތެލުގެ އަގު ހެޔޮކޮށްފައިވަނީ މީގެ ހަ މަސް ކުރިން މިއަހަރުގެ ޖޫންމަހުގެ ނުވަވަނަ ދުވަހުއެވެ. އޭގެ ފަހުން އެކުންފުނިން ޕެޓްރޯލް ލީޓަރެއް ވިއްކަމުން އައީ 14.73 ރުފިޔާއަށެވެ. އަދި ޑީސަލް ލީޓަރެއް ވިއްކަމުން އައީ 15.07 ރުފިޔާއަށެވެ.

މިދިޔަ އަހަރުގެ ފެބްރުއަރީ މަހު ރަޝިޔާ – ޔޫކްރެއިން ހަނގުރާމަ ފެށި ފަހުން، ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އިންތިހާއަށް އުފުލުމާ ގުޅިގެން ރާއްޖޭގައި ވެސް ފަސް ފަހަރެއްގެ މަތިން ތެލުގެ އަގު ވަނީ ބޮޑުކޮށްފައެވެ. އޭގެ ފަހުން މިދިޔަ އަހަރެއްހާ ދުވަހުގެ ތެރޭގައި އެސްޓީއޯއިން ތިން ފަހަރެއްގެ މަތިން ތެލުގެ އަގު ވަނީ ކުޑަކޮށްފައެވެ.

1
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *

Home
Menu
Search
Back to top