ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް އަވަހާރަކޮށްލުމަށް ދިން ޓެރަރިސްޓް ހަމަލާއާއި ގުޅިގެން ހަދަމުންދާ ޕާލިމެންޓްރީ އިންކުއަރީއަށް ކޮމިޝަނަރ އޮފް ޕޮލިސް މުހައްމަދު ހަމީދު ހާޒިރުކޮށްފިއެވެ.

މިދިޔަ މަހުގެ 6 ދުވަހު ރައީސް ނަޝީދަށް ދިން ހަމަލާއާއި ގުޅިގެން އިންކުއަރީ ހަދަމުންދަނީ މަޖިލީހުގެ ސަލާމަތީ ޚިދުމަތްތަކުގެ ކޮމިޓީންނެވެ. މި ހަމަލާއާއި ގުޅޭގޮތުން ބައްދަލުކޮށް، ސުވާލުކުރަން ޖެހޭ ހުރިހާ ފަރާތްތަކާއި ސުވާލު ކުރައްވާނެ ކަމަށް ކޮމިޓީގެ މުގައްރިރު މެމްބަރު އަހުމަދު އަސްލަމް ވަނީ ވިދާޅުވެފައެވެ. އަދި ސުވާލުކުރަން ފައްޓަވާނީ ކޮމިޓީއަށް ބޭނުންވާ ހުރިހާ މައުލޫމާތެއް ލިބުމުން ކަމަށެވެ.

ސީޕީ ހަމީދަކީ މި އިންކުއަރީއަށް ހާޒިރުކުރެވޭ ފުރަތަމަ ފަރާތެވެ.

241 ކޮމިޓީން ވަނީ އިންކުއަރީ އަށް މައުލޫމާތު ހިއްސާކުރުމަށް ސިފައިންނާއި ފުލުހުންނަށް އެ ފުރުސަތު ހުޅުވާލާފައެވެ. އަދި މައުލޫމާތު ފޮނުވާ ފަރާތުގެ މައުލޫމާތު ސިއްރުކުރަން ބޭނުންވާނަމަ، އެކަން ކުރައްވާނެ ކަމުގެ ޔަގީންކަން ކޮމިޓީން ވަނީ ދީފައެވެ.

މި އިންކުއަރީއަށް ފުލުހުންގެ އިތުރުން ސިފައިންގެ ވަކި ވަކި އޮފިސަރުން ވެސް ހާޒިރުކުރުމަށް ކޮމިޓީން ނިންމާފައިވާއިރު މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) އިން ދެކޭ ގޮތުގައި އެއީ ވަކިވަކި ސިފައިން ޖަވާބުދާރީ ކުރުވުމަކީ އުސޫލުތަކާއި ޚިލާފުކަމެއް ކަމަށެވެ. އަދި ވަކިވަކި ސިފައިންގެ ބަދަލުގައި ޖަވާބުދާރީވާނީ މުއައްސަސާ އިން ކަމަށް ވެސް ވަނީ ބުނެފައެވެ. އެމްއެންޑީއެފް ގެ މި ބަޔާނާއި އެކު އާއްމުންނާއި ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ ފާޑުކިއުން ވަނީ ދިފާއީ ވުޒާރާއަށާއި އެމްއެންޑީއެފަށް ވެސް އަމާޒުވެފައެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *