ކޮވިޑުގައި މަރުވި މީހަކު ވަޅުލުމުގެ ތެރެއިން -- ފޮޓޯ: ހަފްތާ

ކޮވިޑް-19 ޖެހިގެން އިތުރު 5 މީހަކު ރާއްޖެއިން މަރުވެއްޖެއެވެ.

ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ބުނީ ރޭ 11:34 ގައި 72 އަހަރުގެ އަންހެނެއް މަރުވެފައިވާ ކަމަށެވެ. އަދި ރޭގެ 00:42 ހާއިރު އުމުރުން 64 އަހަރުގެ އަންހެނެއްގެ އިތުރުން 00:52 ގައި އުމުރުން 79 އަހަރުފެ އަންހެނެއް މަރުވެފައިވާ ކަމަށެވެ. މި 3 މީހުން ވެސް މަރުވީ ހުޅުމާލެ މެޑިކަލް ފެސިލިޓީގައި ފަރުވާ ހޯދަމުންދަނިކޮށެވެ.

މިއަދުގެ ފަތިހު 04:19 ގައި 28 އަހަރުގެ އަންހެނެއް ވެސް ވަނީ މަރުވެފައެވެ. އޭނާ މަރުވީ ޑީއެޗް-11 ގައި ފަރުވާ ހޯދަމުންނެވެ. މީގެއިތުރުން މިއަދު 07:17 ގައި ހުޅުމާލެ މެޑިކަލް ފެސިލިޓީގައި ފަރުވާ ހޯދަމުންދިޔަ 68 އަހަރުގެ އަންހެނެއްވެސް ވަނީ މަރުވެފައެވެ.

މިއަދުގެ މިހާތަނަށް ރިޕޯޓު ކުރެވުނު މަރުތަކާއި އެކު، ކޮވިޑް ބަލީގައި ރާއްޖެއިން މަރުވި މީހުންގެ ޖުމްލަ އަދަދު ވަނީ 182 އަށް އަރާފައެވެ.

ފާއިތުވި ދުވަސްތަކުގައި ކޮވިޑް-19 ބާރުދުވެއްޔެއްގައި ފެތުރި، ގިނަ އަދަދަކަށް ރާއްޖޭގައި މީހުން ޕޮޒިޓިވް ވުމަށްފަހު އިއްޔެ ރާއްޖެއިން ކޮވިޑަށް ޕޮޒިޓިވް ވި މީހުންގެ އަދަދުވަނީ 500 އިން ދަށަށް ގޮސްފައެވެ. އެގޮތުން ފާއިތުވި 24 ގަޑިއިރުތެރޭގައި ކޮވިޑަށް ޕޮޒިޓިވްވެފައިވަނީ 432 މީހެކެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.