Mask Covid 19 HPA
ފޮޓޯ: ކުޅުދުއްފުށި ޓައިމްސް

ފާއިތުވި ދުވަސްތަކުގައި ކޮވިޑް-19 ރާއްޖޭގައި ބާރުދުވެއްޔެއްގައި ފެތުރެމުން އައިއިރު ގިނަ އަދަދަކަށް ރާއްޖޭގައި މީހުން ޕޮޒިޓިވް ވުމަށްފަހު މިއަދު ރާއްޖެއިން ކޮވިޑަށް ޕޮޒިޓިވް ވި މީހުންގެ އަދަދުވަނީ 500 އިން ދަށަށް ގޮސްފައެވެ. ފާއިތުވި 24 ގަޑިއިރުތެރޭގައި ކޮވިޑަށް ޕޮޒިޓިވްވެފައިވަނީ 432 މީހެކެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ހާމަކޮށްފައިވާ މައުލޫމާތުތައް ދައްކާގޮތުން ރާއްޖޭގެ އެކި ކަންކޮޅުތަކުން ފާއިތުވި 24 ގަޑިއިރުތެރޭގައި 4،056 ސާމްޕަލް ނަގާފައިވެ އެވެ. އޭގެތެރެއިން އެންމެ ގިނަ ބަޔަކު ޕޮޒިޓިވްވެފައިވަނީ މާލެ ސަރަހައްދުންނެވެ.

ކޮވިޑްގެ ކޭސްތައް ރިޕޯޓްކޮށްފައިވާ ގޮތުގެ ތަފްސީލްތައް:

  • ގްރޭޓާ މާލެ ސަރަހައްދުން - 249 ކޭސް
  • އަތޮޅުތެރެއިން - 154 ކޭސް
  • ރިޒޯޓުތަކުން - 29 ކޭސް

ރާއްޖޭގައި މިވަގުތު ކޮވިޑަށް ފަރުވާ ހޯދަމުން އަންނަ މީހުންގެ އަދަދު ވަނީ 21،032 އަށް އަރާފައެވެ. މީގެތެރެއިން ހޮސްޕިޓަލުތަކުގައި ފަރުވާ ދެވެމުން އަންނަ މީހުންގެ އަދަދުވެސް ވަނީ 213 އަށް ދައްވެފައެވެ.

މިއަދާ ހަމަޔަށް އެޗްޕީއޭގެ ތަފާސްހިސާބުތައް ދައްކާގޮތުން 66،948 މީހަކު ވަނީ ކޮވިޑަށް ޕޮޒިޓިވްވެފައެވެ. އަދި މިހާތަނަށް 45،730 މީހުން ބަލިން ރަނގަޅުވެފައިވާއިރު، ބަލީގައި 177 މީހަކު ދުނިޔެ ދޫކޮށްފައިވެއެވެ.

ކޮވިޑް ރާއްޖޭގައި ބާރު ދުވެއްޔެއްގައި ފެތުރެމުން އައުމާއި ގުޅިގެން މިއަދު އެޗްޕީއޭއިން ވަނީ މިއަދު ކޮވިޑް ފެތުރޭ މިންވަރު ކޮންޓްރޯލުކުރުމަށްޓަކއި އިތުރު ފިޔަވަޅުތަކެއް އަޅާފއެވެ. އެގޮތުން 12 މޭއިން ފެށިގެން ގްރޭޓާ މާލެ ސަރަހައްދުގައި ހަވީރު 16:00 ފެށިގެން ހެންދުނު 08:00 ކާފިއުގެ ވަގުތު ވަނީ ދިގުކޮށްފައެވެ.

މީގެއިތުރުން މިސްކިތްތަކުގައި ޖަމާއަތުގައި ނަމާދުކުރުން ހުއްޓާލުމަށް އަންގާފައިވާއިރު، ރެސްޓޯރެންޓުތަކާއި، ކެފޭތަކުގައި ތިބެގެން ކެއުން މަނާކޮށްފައިވެއެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.