ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ބަސް ސްޓޮޕްތައް ހަދައިދޭނެ ފަރާތެއް ހޯދުމަށް ހުޅުމާލޭ ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ)އިން އިއުލާންކޮށްފިއެވެ. 

އެޗްޑީސީއިން އިއުލާންކޮށްފަައިވާ ގޮތުގައި، މި މަސައްކަތްކުރުމަށް ޝައުގުވެރިވެލައްވާ ފަރާތްތަކަށް ހާއްސަކޮށްގެން ބޭއްވޭ ޕްރީ ބިޑް މީޓިންގ އެއް 9 ނޮވެމްބަރުވާ ހޯމަ ދުވަހުގެ މެންދުރު 14:00ގައި އޮންނާނެއެވެ. މި މީޓިންގ ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވަނީ ޒޫމް މެދުވެރިކޮށެވެ. ސައިޓް ވިޒިޓް އޮންނާނީ ހަމަ އެދުވަހުގެ 16:00ގައެވެ.

ބިޑް ހުށަހެޅުމުގެ ފުރުސަތު 24 ނޮވެމްބަރުވާ އަންގާރަ ދުވަހުގެ 14:00 އާހަމައަށް ހުޅުވިފައި އޮންނާނެކަމަށް އެޗްޑީސީއިން ވަނީ ބުނެފައެވެ. ބިޑް ސެކިއުރިޓީ ގޮތުގައި ބަހައްޓަން ޖެހޭނީ 50،000 ރުފިޔާއެވެ.

ހުޅުމާލޭގައި ދެވޭ ބަހުގެ ހިދުމަތް ރަނގަޅުކުރުމުގެ ގޮތުން، ފޭސް ޓޫގެ ބަސް ރޫޓު ކަނޑައެޅުމާއި ގުޅޭގޮތުން ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަންއާއި އެމްޓީސީސީއާ މީގެ ކުރިން މަޝްވަރާކޮށްފައިވެއެވެ. ހުޅުމާލޭ ދެވަނަ ފިޔަވަހީގައި މީހުން ދިރިއުޅެން ފަށާފައިވާއިރު، އަދި ބަހުގެ ހިދުމަތް އެ ފަރާތްތަކަކަށް ނުލިބެއެވެ.

ހުޅުމާލޭ ރައްޔިތުންނަށް ހެޔޮއަގެއްގައި ފޯރުކޮށްދޭ ބަހުގެ ހިދުމަތް ރަނގަޅުކުރުމުގެ ގޮތުން ގިނަ މަސައްކަތްތަކެއް އެޗްޑީސީއިން އަންނަނީ ކުރަމުންނެވެ. އެގޮތުން،ހުޅުމާލޭގައި ބަސް ސްޓޮޕްތައްވެސް އިތުރުކޮށްފައިވެއެވެ.

އަދި، ފަސޭހަ ޒަމާނީ ބަހުގެ ހިދުމަތެއް ފޯރުކޮށްދިނުމުގެ ގޮތުން އެމްޓީސީސީއިން ވަނީ ބަސް ދަތުރުތަކަށް "ދަތުރުކާޑު"ވެސް ތައާރަފްކޮށްފައެވެ. 

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.