ކެނެޑާއިން ކޮވެކްސް ފެސިލިޓީއަށް ފޯރުކޮށްދީފައިވާ އެހީތެރިކަމާއެކު ކޮވެކްސް ފެސިލިޓީ މެދުވެރިކޮށް ވެކްސިން ލިބޭނެކަމަށް ދިވެހިރާއްޖެ އަށާއި ސްރިލަންކާއަށް ކެނެޑާއިން ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ޑެވިޑް މެކްކިނޮން ވިދާޅުވެއްޖެއެވެ.

ކެނެޑާއިން ވަނީ ކޮވެކްސް ފެސިލިޓީއަށް 220 މިލިއަން ކެނޭޑިއަން ޑޮލަރުގެ އެހީ ފޯރުކޮށްދީފައެވެ. މިއީ ދުނިޔޭގެ ފަގީރު ގައުމުތަކަށް ވެކްސިން ފޯރުކޮށްދިނުމަށް އދ. އިން ކުރަމުން އަންނަ މަސައްކަތުގެ ތެރެއިން ކުރެވެމުން އަންނަ މަސައްކަތެކެވެ.

"ވަން ވޯލްޑް ޕްރޮޓެކްޓެޑް" ގެ ދަށުން ވެކްސިން އެލައިއެންސް ގަވީ އާއި ޖަޕާން ސަރުކާރުން ގުޅިގެން ޖޫން މަހުގެ 2 ވަނަ ދުވަހު ވަނީ ކޮވެކްސް އެޑްވާންސް މާކެޓް ކޮމިޓްމެންޓް (އޭއެމްސީ) ސަމިޓެއް ބާއްވާފައެވެ. ޖަޕާނުގެ ބޮޑުވަޒީރު ސުގާ ޔޮޝިހިޑޭ އާއި ގަވީގެ ބޯޑުގެ ޗެޔަރ ޖޯސޭ މަނުއެލް ބަރޯސޯ މި ސަމިޓު ޗެޔާ ކުރައްވާފައިވާއިރު ކޮވެކްސް އޭއެމްސީ އަށް 2.4 ބިލިޔަން ޑޮލަރުގެ އެހީ ވަނީ ހޯދާފައެވެ.

2021 ވަނަ އަހަރުތެރޭގައި ތަރައްގީ ވަމުން އަންނަ ގައުމުތަކަށާއި ފަގީރު ގައުމުތަކަށް ވެކްސިން ފޯރުކޮށްދިނުމަށްޓަކައި ބޭއްވުނު ސަމިޓުގައި ގިނަ ގައުމުތަކުން އަދި އަމިއްލަ ކުންފުނިތަކާ ފައުންޑޭޝަންތަކުންވެސް ވަނީ އެހީތެރިކަން ފޯރުކޯށްދީފައެވެ. އެގޮތުން މި ސަމިޓުގައި އެންމެ ބޮޑު އެހީތެރިކަމެއް ވެދީފައިވަނީ ޖަޕާނުންނެވެ. އެއީ 800 މިލިޔަން ޑޮލަރުގެ އެހީއެވެ. ޖަޕަޏުގެ އިތުރުން، އޮސްޓްރޭލިއާއިން 50 މިލިޔަން އޮސްޓްރޭލިޔަން ޑޮލަރުގެ އެހީ ވަނީ ފޯރުކޮށްދީފައެވެ.

ހަމަމިޔާއެކު އަމިއްލަ ފަރާތްތަކާ ކުންފުނިތަކާ ފައުންޑޭޝަންތަކުގެ ތެރެއިން ބިލް އެންޑް މެލިންޑާ ގޭޓްސް ފައުންޑޭޝަނުން 50 މިލިޔަން ޑޮލަރުގެ އެހީ ފޯރުކޮށްދީފައިވާއިރު، މާސްޓަރ ކާޑުން ވަނީ 28 މިލިޔަން ޑޮލަރުގެ އެހީ ދީފައެވެ. އަދި ވިސާ ފައުންޑޭޝަނުން 3 މިލިޔަން ޑޮލަރުގެ އެހީ ކޮވެކްސްއަށް ދީފައިވާއިރު ގޫގުލްއިން ވަނީ 2.5 މިލިޔަން ޑޮލަރުގެ އެހީ ފޯރުކޮށްދީފައެވެ.

މިއާއެކު ކޮވިޑް-19 ވެކްސިން ހޯދުމަށް 9.6 ނިލިޔަން ޑޮލަރުގެ އެހީ ކޮވެކްސް ފެސިލިޓީއަށް އަމާޒުކުރެވި ހަމަޖެހިފައިވާއިރު، ވެކްސިން ރައްކާތެރިކަމާއެކު އަވަހަށް ފޯރުކޮށްދިނުމަށްޓަކައި 775 މިލިޔަން ޑޮލަރުގެ އެހީވެސް ވަނި ލިބިފައެވެ. މިއީ ދުނިޔޭގެ ފަގީރު ގައުމުތަކަށް ކޮވިޑް-19 ގެ 1.8 ބިލިޔަން ވެކްސިން ފޯރުކޮށްދެވިގެން ދާނެ މަސައްކަތެކެވެ. 2021 ވަނަ އަހަރުގެ ތެރޭގަޔާއި 2022 ވަނަ އަހަރުގެ ކުރީ ކޮޅު ތަރައްގީވަމުން އަންނަ ގައުމުތަކާއި، ފަގީރު ގައުމުތަކަށް އަގުހެޔޮކޮށް އަދި ހިލޭ ވެކްސިން ފޯރުކޮށްދިނުމަށް މިކަމުގެ ސަބަބުން މަގުފަހިވެގެންދެއެެވެ.

ޖަޕާނުގެ ބޮޑު ވަޒީރު މި ސަމިޓުގައި ވާހަކަދައްކަވަމުން ވަނީ ކޮވިޑް-19 އާއި ދެކޮޅަށް ކުރާ މަސައްކަތުގައި ވެކްސިންގެ މުހިންމުކަމަށް އަލި އަޅުވާލާފައެވެ. އަދި މިއަދު ކޮވެކްސް ފެސިލިޓީއަށް ގިނަ ބެއްގެ ފަރާތުން މިވެވުނު އެހީތެރިކަމާއެކު ދުނިޔޭގެ އކި ކަންކޮޅުތަކުގައި ތިބި އެތައްބަޔަކަށް ވެކްސިން ފޯރުކޮށްދެވި މި ބަލިމަޑުކަމުން އަރައިގަތުމުގެ އުންމީދެއް ލިބިގެންދާނެކަމަށް އުންމީދު ކުރައްވާކަމަށް ވަނީ ވިދާޅުވެފައެވެ.

ކޮވިޑްގެ ބަލިމަޑުކަން ނިމުމަކަށް ގެނެއުމަކި އަހަރެމެން އެންމެންގެ ޒިންމާއެއް. އަދި ކުރިޔަށް އޮތް މުސްތަގުބަލުގައި މިފަދަ ބަލިމަޑުކަމަށް ތައްޔާރުވާމަށް ކުރިޔަށް ވުރެ ވަރުގަދަޔަށް ކޮވިޑްގެ ބަލިމަޑުކަމުން އަރިއަގަންނައިރު ދުނިޔެ ތަރައްގީ ކުރަން ޖެހޭ.

މިސަމިޓުގައި ފައިސާގެ އެހީތެރިކަން ފޯރުކޮށްދިނުމަށް ވައުދު ވުމުގެ އިތުރުން ގިނަ ގައުމުތަކަކުން ވަނީ ވެކްސިންގެ ދޯޒް ހަދިޔާކުރުމަށްވެސް ވައުދުވެފައެވެ. އެގޮތުން ޖަޕާނުން 30 މިލިޔަން ޑޯޒް ކޮވެކްސް ފެސިލިޓީއަށާއި އެކި ގައުމުތަކަށް ފޯރުކޮށްދިނުމަށް ވައުދުވެފައިވާއިރު، ބެލްޖިއަމް އިން ވަނީ 4 މިލިޔަން ޑޯޒް ހަދިޔާކުރުމަށް ވައުދުވެފައެވެ. އަދި ޑެންމާކުން 15 މިލިޔަން ޑޯޒް ފޯރުކޮށްދޭއިރު، ސްޕެއިނުންވަނީ ކުރިން ވައުދުވެފައިވާ 7.5 މިލިޔަން ޑޯޒުގެ އިތުރަށް 15 މިލިޔަން ކޮވިޑް ވެކްސިން ހަދިޔާކުރުމަށް ވައުދުވެފައެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.