އަލީ އަޝްފާގު (ދަގަނޑޭ)

އަލީ އަޝްފާގު (ދަގަނޑޭ) ކޮވިޑަށް ނެގެޓިވްކަން އިއުލާންކޮށް، މާދަމާ ގައުމީ ޓީމާ ގުޅޭނެކަން ހާމަކޮށްފިއެވެ.

ޓުވިޓަރ ގައި ކުރި ޕޯސްޓެއްގައި ދަގަނޑޭ ބުނީ، މިއަދު ލިބުނު ނަތީޖާއިން އޭނާ ކޮވިޑަށް ނެގެޓިވް ކަމަށް ދައްކާފައިވާ ކަމަށާއި، މިއާއެކު ކޮލިފައިންގައި ރާއްޖެ ކުޅޭ މެޗުތަކަށް މާދަމާ ޓީމާ ގުޅޭނެ ކަމަށެވެ.

މިދިޔަ މެއި މަހުގެ 22 ވަނަ ދުވަހު ގައުމީ ޓީމާއެކު ދުބާއީއަށް ދިޔަ ދަގަނޑޭ ކޮވިޑަށް ޕޮޒިޓިވްވީ މިދިޔަ މަހުގެ 30 ވަނަ ދުވަހު ލިބުނު ކޮވިޑް ނަތީޖާއިންނެވެ. ދަގަނޑޭގެ އިތުރުން އަލީ ޝާމިސް (ތައްޕެ) ވެސް ކޮވިޑަށް ޕޮޒިޓިވްވެފައިވާއިރު، ނަތިޖާއާއެކު މި ދެ ކުޅުންތެރިން ވަނީ ވަގުތުން އެކަހެރިކޮށްފައެވެ.

ދަގަނޑޭ މިއަދު ކޮވިޑަށް ނެގެޓިވްވިއިރު، ކޮލިފައިންގައި މިރޭ 9 ހަާއިރު ރާއްޖެ އަދި ސީރިއާ ބައްދަލުކުރާ މެޗުގައި އޭނާއަށް ނުކުޅެވޭނެއެވެ. ނަމަވެސް ނެގެޓިވްވި ނަތީޖާއާއެކު ކޮލިފައިންގައި މި މަހުގެ 11 ވަނަ ދުވަހު ޗައިނާއާ ދެކޮޅަށް އަދި 15 ވަނަ ދުވަު ފިލިޕިންސާ ދެކޮޅަށް ރާއްޖެ ކުޅޭ މެޗުގައި ދަގަނޑޭއަށް ކުޅެވޭނެ ކަމުގެ އުންމީދު ވަނީ އާވެފައެވެ.

ސެންޓްރަލައިޒްކޮށް ޗައިނާގައި ކޮލިފައިން މެޗުތައް ކުރިން ކުޅޭ ގޮތަށް ތާވަލުކުރި ނަމަވެސް، އެގައުމަށް ގްރޫޕްގައި ހިމެނޭ އެހެން ޓީމުތައް ދަތުތުރު ކުރުމަށް ދަތިތައް ހުރުމުން އޭއެފްސީން ވަނީ މެޗުތައް ނިއުޓްރަލް ދަނޑެއްގައި ކުޅުމުގެ ގޮތުން ދުބާއީއަށް ބަދަލުކޮށްފައެވެ.

 

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.