ކޮވިޑް-19ގައި ރާއްޖޭގައި ނިޔާވި މީހެއްގެ ޖަނާޒާ---- ފައިލް ފޮޓޯ

ރާއްޖެއިން ކޮވިޑަށް ފަރުވާދެމުންދިޔަ މީހަކު މަރުވެ، ޖުމްލަ އަދަދު 175 އަށް އަރައިފި އެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ހާމަކޮށްފައިވާގޮތުން މިއަދު ހެނދުނު 11:17 ގައި މަރުވެފައިވަނީ 77 އަހަރުގެ ދިވެހި ފިރިހެނެކެވެ. އޭނާ މަރުވެފައިވަނީ ދ. ބަނޑިދޫގައެވެ. އެއާއި އެކު ރާއްޖެއިން މި ބަލީގައި މަރުވި މީހުންގެ އަދަދު 175 އަށް ވަނީ އަރާފައެވެ.

މި ބަލީގައި މިމަހު އެކަނި ވެސް 14 މީހަކު މަރުވެފައިވެއެވެ. އޭގެ ތެރޭގައި އުމުރުން 10 އަހަރުގެ ކުޑަ އަންހެން ކުއްޖަކު ވެސް ހިމެނެއެވެ.

އެޗްޕީއޭއިން ހާމަކޮށްފައިވާގޮތުން ފާއިތުވެދިޔަ 24 ގަޑިއިރުތެރޭގައި 648 މީހަކު ވަނީ ކޮވިޑަށް ޕޮޒިޓިވް ވެފައެވެ.

ރާއްޖޭގައި މިވަގުތު ކޮވިޑަށް ފަރުވާ ހޯދަމުން އަންނަ މީހުންގެ އަދަދު ވަނީ 22,375 އަށް އަރާފައެވެ. މީގެތެރެއިން ހޮސްޕިޓަލުތަކުގައި 213 މީހަކަށް ދަނީ ފަރުވާދެމުންނެވެ. މިއަދާ ހަމަޔަށް އެޗްޕީއޭގެ ތަފާސްހިސާބުތައް ދައްކާގޮތުން 66,516 މީހަކު ވަނީ ކޮވިޑަށް ޕޮޒިޓިވްވެފައެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.