ކޮވިޑް-19 އާއި ގުޅިގެން މޮނިޓަރިންގެ ހާލަތުގައި އޮތް ރަށްރަށުގެ ކީސްޓޭޖު 1ގައި ކިޔަވަމުން އަންނަ ދަރިވަރުންނަށް ޓެބްލެތު ހޯދުމަށް މިނިސްތްރީ އޮފް އެޑިޔުކޭޝަނުން އިއުލާނުކޮށްފިއެވެ.

މިނިސްޓްރީން ކޮށްފައިވާ އިއުލާނުގައި 1،000 ޓެބްލެޓު ފޯރުކޮށްދިނުމަށް ބިޑަށް ވަނީ ހުށައަޅާފައެވެ.

ލާނިން އެޑްވާންސްމެންޓް އެންޑް މިޝަމެންޓް ޕްރޮޖެކްޓުގެ ދަށުން ވޯލްޑް ބެންކުގެ އެހީ ލިބިފައިވާއިރު، 4 މަސްދުވަހުގެ ތެރޭގައި ޓެބްލެޓު ފޮރުކޮށްދެވޭނެ ފަރާތްތަކަށް އަންނަ މަހުގެ 15 ވަނަ ދުވަހުގެ ކުރިން ބިޑަށް ހުށައެޅުމަށް ވަނީ ހުޅުވާލައިފައެވެ.

މިފަހަރު އިއުލާނުކުރެވިފައިވާ ބިޑުން ގްރޭޑު 1ގެ އަދި 2ގައި ކިޔަވަމުން އަންނަ ދަރިވަރުންނަށް ޓެބްލެޓު ފޯރުކޮށްދޭނެކަމަށް މިނިސްޓްރީއިން ބުނެފައިވެއެވެ.

ކޮވިޑް-19 އާއި ގުޅިގެން 60 އަށް ވުރެ ގިނަ ރަށެއް މޮނިޓަރިންގަށް ލެވިފައިވާއިރު، ސްކޫލްތައް ބަންދުކުރުމުގެ ސަބަބުން އޮންލައިންކޮށް ކިޔަވައި ދެވެމުން އަންނަ އިރު އޮންލައިނކޮށް ކުލާސްތަކަށް ވަދުމަށް ދަތިކަން ހުރި ދަރިވަރުންނަށް ތައުލީމުން މަހްރޫމް ވިޔަ ނުދިނުމަށްޓަކައި މިނިސްޓރީ އޮފް އެޑިޔުކޭޝަނުން އަންނަނީ މަސައްކަތް ކުރަމުންނެވެ.

އޮންލައިންކޮށް ކިޔަވައިދިނުމަށް މަޖުބޫރުވެފައިވާ މި ދަނޑިވަޅުގައި މިނިސްޓްރީ އޮފް އެޑިޔުކޭޝަނުން އަންނަނީ ދަރިވަރުންނަށް ދިމާވާ އިންޓަނެތުގެ މައްސަލަތައް ހައްލުކުރުމަށް މަސައްކަތް ކުރަމުންނެވެ. އެގޮތުން މިދިޔަ އާދީއްތަ ދުވަހު އެމަރޖެންސީ އޮޕަރޭޝަން (އެޗްއީއޯސީ) އިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން އެޑިއުކޭޝަން މިނިސްޓަރ ޑރ. އާއިޝަތު އަލީ ވިދާޅުވީ، ޑޭޓާގެ މައްސަލަ ހައްލުކުރަން ޕްލެޓްފޯމެއް ގާއިމުކޮށް، ޓެސްޓު ކުރެވިފައިވާ ކަމަށެވެ.

މި ޕްލެޓްފޯމް ރާއްޖޭގެ ހުރިހާ ސްކޫލެއްގައި ބޭނުން ކުރެވޭނެ ކަމަށާއި، އެގޮތުން އަންނަ ހަފްތާގައި މި ޕްލެޓްފޯމް ބައެއް ސްކޫލްތަކުގައި ޕައިލެޓް ކުރުމުގެ މަސައްކަތް ކުރިޔަށްދާ ކަމަށް މިނިސްޓަރ އާއިޝަތު އަލީ ވިދާޅުވިއެވެ.

އޮންލައިންކޮށް ދަރިވަރުންނަށް ކިޔަވައިދެމުން އަންނައިރު އެންމެ ބޮޑު ގޮންޖެހުމަކަށް ޑޭޓާގެ މައްސަލަ ވެފައިވާއިރު، އެކަންތައްތައް މިހާރު ހަމަޖެހިފައިވާ ކަމަށް އެޑިއުކޭޝަނުން ވަނީ ބުނެފައެވެ. އެގޮތުން ދިރާގު މެދުވެރިކޮށް ބެލެނިވެރިންގެ ފޯނަށް ޑޭޓާ ފޯރުކޮށްދެމުން އަންނައިރު، އުރީދޫއި މެދުވެރިކޮށްވެސް ޑޭޓާ ފޯރުކޮށްދިނުމުގެ މަސައްކަތް ކުރިޔަށްދާ ކަމަށް މިނިސްޓްރީން ވަނީ ފާހަގަކޮށްފައެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.