އޮސްޓްރިއާ އާ ދެކޮޅަށް ކުޅުނު މެޗުގައި އަނިޔާވެ އާނޯލްޑް ދަނޑުން ފައިބަނީ

ފަލަމަސްގަނޑަށް ލިބުނު އަނިޔާއަކާއި ގުޅިގެން އިނގިރޭސިވިލާތުގެ ރައިޓް ބެކް ޓްރެންޓް އެލެކްޒެންޑަރ އާނޯލްޑަށް މިފަހަރުގެ ޔޫރޯ ގެއްލިއްޖެއެވެ.

އޭނާއަށް އަނިޔާވީ ބުދަ ދުވަހުގެ ރޭ އޮސްޓްރިއާ އާ ދެކޮޅަށް ކުޅުނު އެކުވެރިކަމުގެ މެޗުގެ ފަހު ވަގުތުކޮޅުގެ ތެރޭގައެވެ. އުމުރުން 22 އަހަރުގެ އާނޯލްޑްއަށް ލިބުނު މި އަނިޔާއާ ގުޅިގެން ހަ ހަފްތާއަށް އޭނާ ކުޅުމާއި ދުރުގައި ހުންނަން ޖެހޭނެއެވެ.

އޭނާގެ ބަދަލުގައި އަދި އެހެން ކުޅުންތެރިޔަކު ސްކޮޑަށް ނަގާފައިނުވާއިރު އެ ގައުމު ކުޅޭ އެކުވެރިކަމުގެ އެންމެ ފަހު މެޗަށްފަހު އާނޯލްޑްގެ ބަދަލުގައި ނަގާ ކުޅުންތެރިޔަކު ހާމަކުރާނެއެވެ. ގެރެތު ސައުތުގޭޓްގެ އިރުޝާދުގެ ދަށުން ޔޫރޯއަށް ތައްޔާރުވުމަށް އިންގްލޭންޑް ކުޅޭ އެކުވެރިކަމުގެ އެންމެ ފަހު މެޗު ކުޅޭނީ އާދިއްތަ ދުވަހު ރޯމޭނިއާ އާ ދެކޮޅަށެވެ.

އާނޯލްޑަށް އަނިޔާވި ނަމަވެސް އިނގިރޭސި ސްކޮޑްގައި އިތުރު ތިން ރައިޓް ބެކުން ހިމަނާފައިވެއެވެ. އެއީ އެތުލެޓިކޯ މެޑްރިޑްގެ ކިއެރަން ޓްރިޕިއަރ އާއި މެންޗެސްޓަރ ސިޓީގެ ކައިލް ވޯކަރ އަދި ޗެލްސީގެ ރީސް ޖޭމްސްއެވެ.

ޔޫރޯގައި ކުޅޭ އެންމެ ފުރަތަމަ މެޗުގައި ޖޫން މަހުގެ 13 ވަނަ ދުވަހު ވެމްބްލީ ސްޓޭޑިއަމްގައި އެ ޓީމު ނުކުންނާނީ 2018 ވަނަ އަހަރުގެ ވޯލްޑް ކަޕް ފައިނަލްގައި ކުޅުނު ކްރޮއޭޝިއާ އާ ދެކޮޅަށެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.