ބޭންކް އޮފް މޯލްޑިވްސް -- ފޮޓޯ: މުހައްމަދު އަފްރާހް / ޖަޒީރާ

އަޕްގްރޭޑްގެ މަސައްކަތަށްފަހު ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ ބައެއް ހިދުމަތްތައް ދޭން ފަށައިފި އެވެ.

އަޕްގްރޭޑިންގ މަސައްކަތްތަކަށް ރެއިން ފަށައިގެން ބީއެމްއެލްގެ ގިނަ ހިދުމަތްތަކެއް މެދުކަނޑާލި އެވެ. އޭރުގައި ބޭންކުން ބުނީ ހެނދުނުގައި ހިދުމަތްދޭން ފެށޭނެ ކަމަށެވެ. ނަމަވެސް އެގަޑިއަށްވެސް ހިދުމަތް ނުލިބި، ގިނަ ބަޔަކަށް އުދަނގޫތަކާއި ދިމާވެފައިވެއެވެ.

ބީއެމްއެލްއިން ބުނީ އަޕްގްރޭޑިންގ މަސައްކަތްތަކަށް އެ ބޭންކްގެ ޕީއޯއެސްގެ ހިދުމަތްތައް ދޭން ފަށާފައިވާކަމަށެވެ. އަދި ކަސްޓަމަރުންނަށް ޤައުމުން ބޭރުގައިވެސް މިހާރު ބީއެމްއެލްގެ ކާޑު ބޭނުން ކުރެވޭނެކަމަށް ބޭންކުން ބުންޏެވެ.

އަޕްގްރޭޑިންގއަށްފަހު އަދިވެސް ބައެއް ހިދުމަތްތައް ނުދެވޭކަން ފާހަގަކޮށް ބީއެމްއިލް ބުނީ އޭޓީއެމް، ޕޭމެންޓް ގޭޓްވޭގެ ހިދުމަތުގެ އިތުރުން އޮންލައިން ޕޭމެންޓްތަކުގެ ހިދުމަތް އަދި ބޭނުން ނުކުރެވޭނެކަމަށް ބޭންކުން ބުންޏެވެ. ބޭންކުން ބުނީ ލަފާކުރިވަރަށްވުރެ އަޕްގްރޭޑިންގ މަސައްކަތަށް ގިނަ ވަގުތު ނަގަމުން އަންނަ ކަމަށެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.