އެމްބިއުލާންސް ލަސްވެގެން، އުމުރުން 10 އަހަރުގެ ފާތިމަތު މިޝްކާ މުހައްމަދު މަރުވި މައްސަލައިގެ ތަހުގީގު ރިޕޯޓް އާންމު ކުރަން އަދި ވަގުތު ނަގާނެކަމަށް ހެލްތު މިނިސްޓްރީން ބުނެފި އެވެ.
އެ ރިޕޯޓް އާންމުކުމަށް ކުރިން ނިންމާފައިއޮތީ އިއްޔެ އެވެ. ނަމަވެސް އިއްޔެ އެ ރިޕޯޓް އާންމުކޮށްފައިނުވުމުގެ ސަބަބުން ގިނަ ފާޑުކިޔުންތަކެއް ވަނީ އަމާޒުވެފަ އެވެ.
ހެލްތު މިނިސްޓްރިގެ ރަސްމީ ޓުވިޓަރ ހެންޑުލުން މިއަދު ހެނދުނު ކުރި ޓުވީޓެއްގައި ބުނީ ކޯވިޑް ބަލީގައި ކުޑަ ކުއްޖަކު ނިޔާވުމާއި ގުޅިގެން ހަދަމުންގެންދާ ކޭސް ރިވިއުގެ ގިނަ މަސައްކަތަތަކެއް މިއަންނަނީ ކުރަމުންކަމަށެވެ. އަދި އެ މައްސަލާއިގާ ގިނަކަންކަން ބަލަން ޖެހުމުން މިކަމަށް އިތުރު ވަގުތުނަގާނެކަމަށް މިނިސްޓްރީންް ބުންޏެވެ.
މަސައްކަތް ކުރަމުންމިދަނީ ވީއެންމެ އަވަހަށް މި މަސައްކަތް ނިންމުމަށް.
މިކަމާ ގުޅިގެން ޖަޒީރާ" އިން ކުރި ސުވާލަކަށް ޖަވާބު ދެމުން މީގެކުރިން މިނިސްޓަރ ވިދާޅުވީ، އެމްބިއުލާންސް ފޮނުވުމުގައި 3 މަރުހަލާއަކަށް ބަލާ ކަމަށެވެ. އަދި ރޭގެ ހާދިސާގައި 3 މަރުހަލާއާއިވެސް ހިލާފުވެފައިވާ ކަމަށާއި އެކަމުގައި އިދާރީ މައްސަލަ ފާހަގަކުރެވިފައިވާ ކަމަށް މިނިސްޓަ ވިދާޅުވި އެވެ.
ކޮވިޑްގެ މި އާލަމީ ވަބާގައި އެމްބިއުލާންސްތަކުގެ ހިދުމަތް ފެއިލްނުވެ ދެމުން އައި ކަން މިނިސްޓަރ ފާހަގަކުރެއްވި އެވެ. މިނިސްޓަރުވެސް ވަނީ ރޭގެ ހާދިސާއަކީ ފެއިލިއަރއެއްގެ ގޮތުގައި ސިފަކުރައްވާފަ އެވެ.
"ޖަޒީރާ" އާއި މިނިސްޓަރގެ އަމިއްލަ ހިޔާލުފުޅު ހިއްސާކުރައްވައި ވިދާޅުވީ، އެފަދަ ކަމެއް ހިނގީ ފަރުވާ ކުޑަކަމުންކަން ގަބޫލުކުރައްވާ ކަމަށެވެ. އަދި މައްސަލަތަކެއް ހުރިކަންވެސް ގަބޫލުކުރައްވާ ކަމަށެވެ. އެއަށްފަހުވެސް މިނިސްޓަރ ތަކުރާރުކޮށް "ޖަޒީރާ" އަށް ވިިދާޅުވީ ފުރިހަމަ ތަހުޤީޤެއް ރޭގެ ހާދިސާއާއި ގުޅޭގޮތުން ހިންގަމުން އަންނަކަމަށާއި، އޭގެފަހުން ސީދާ މައްސަލަތައް އެނގިގެންދާނެ ކަމަށެވެ.