އެމެރިކާއިން ކޮވިޑް-19 ވެކްސިން ފޯރުކޮށްދޭ ފުރަތަމަ ޤައުމުތަކުގެ ތެރޭގައި ދިވެހިރާއްޖެ ހިމެނުމަކީ ދިވެހިރާއްޖެއާ އެމެރިކާއާ ދެމެދު އޮތް ގާތް ގުޅުމުގެ ރަމްޒެއްކަމަށް ފޮރިން މިނިސްޓަރ ޢަބްދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ.

މިނިސްޓަރ ޝާހިދު މިހެން ވިދާޅުވީ އެމެރިކާއިން ދުނިޔޭގެ ޤައުމުތަކަށް ވެކްސިން ފޯރުކޮށްދޭން ނިންމެވިކަން އެޤައުމުގެ ރައީސް ޖޯސެފް ބައިޑަން އިއުލާންކުރެއްވުމާ ގުޅިގެން އެކަމަށް ޝުކުރު އަދާކުރައްވަމުންނެވެ.

ދިވެހިރާއްޖެ ހިމެނޭހެން އޭޝިއާ ސަރަހައްދަށް 7 މިލިއަން ޑޯޒްގެ ވެކްސިން ފޯރުކޮށްދޭނެކަމަށް އެމެރިކާއިން ވަނީ އިއުލާންކޮށްފައެވެ. އެމެރިކާއިން ދިވެހިރާއްޖެއަށް ވެކްސިން ފޯރުކޮށްދޭނެކަން އިއުލާންކޮށްފައިވާއިރު، އެމެރިކާއިން ހަދިޔާކުރި ޕީޕީއީއާއި މެޑިކަލް އިކުއިޕްމަންޓް ދިވެހިރާއްޖެއާ މިއަދު ރަސްމީކޮށް ހަވާލުކުރާނެއެވެ.

ޔޫއެސްއެއިޑް މެދުވެރިކޮށް އެމެރިކާ ސަރުކާރުން ފޯރުކޮށްދޭ އެހީ ރާއްޖޭގެ އިތުރުން ޕާކިސްތާނަށާއި ސްރީލަންކާއަށް ދިނުމަށް ވަނީ ހަމަޖެހިފައެވެ.

މިހާތަނަށް ޔޫއެސްއެއިޑް މެދުވެރިކޮށް ރާއްޖެއަށް 9.1 މިލިއަން ޑޮލަރުގެ އެހީ ފޯރުކޮށްދީފައެވެ. އެގޮތުން 60 ވެންޓިލޭޓަރު ފޯރުކޮށްދީފައިވާއިރު އައިސީޔޫގައި ބޭނުންކުރާ އާލާތްތައްވެސް ފޯރުކޮށްދީފައެވެ. އަދި ރާއްޖެއަށް އިކޮނޮމިކް ސަޕޯޓް ވެސް އެމެރިކާއިން ދަނީ ފޯރުކޮށްދެމުންނެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.