މި އަހަރު އޮކްޓޯބަރު 29 އާ ހަމަޔަށް އާމްދަނީގެ ގޮތުގައި ދައުލަތަށް 11.3 ބިލިއަން ރުފިޔާ ލިބިފައިވާ ކަމަށް ފިނޭންސް މިނިސްޓްރީގެ ހިސާބުތަކުން ދައްކައިފި އެވެ.

ފިނޭންސް މިނިސްޓްރީ އިން އާންމުކުރި ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި މިދިޔަ އޮކްޓޯބަރު މަހު 29 ގެ ނިޔަލަށް ދައުލަތަށް 11.3 ބިލިއަން ރުފިޔާ ލިބުނު އިރު އެ މުއްދަތުގައި 21.7 ބިލިއަން ރުފިޔާ ހަރަދު ކޮށްފައިވެ އެވެ. 

ފިނޭންސް ގެ ހިސާބުތަކުން ދައްކާ ގޮތުގައި ދައުލަތަށް ލިބުނު އާމްދަނީގެ ބޮޑު ބައެއް ހިއްސާ ކުރަނީ ޓެކްސް އިން ލިބުނު ފައިސާއެވެ. އެގޮތުން 77 ޕަސަންޓް އާމްދަނީ ޓެކްސް އިން ލިބިފައިވެ އެވެ. އަދި ޓެކްސް ނޫން އާމްދަނީގެ ގޮތުގައި އެ މުއްދަތާއި ހަމައަށް ދައުލަތަށް 2.1 ބިލިއަން ރުފިޔާގެ އާމްދަނީ ލިބިފައިވެ އެވެ. އެގޮތުން ޓެކްސް ނޫން ފައިސާގެ ތެރެއިން އެންމެ ބޮޑު އާމްދަނީ އެއް ހޯދާފައި ވަނީ ފީތަކާއި ޗާޖުތަކުންނެވެ. 

އޭގެ އިތުރުން ޖޫރިމަނާގެ ގޮތުގައި 110 މިލިއަން ރުފިޔާ ދައުލަތަށް ވަނީ ލިބިފައިވާ ކަމަށް ވެސް އެ ހިސާބުތަކުން ދައްކަ އެވެ.

ދައުލަތުން އެންމެ ބޮޑު ހޭދައެއްކޮށްފައި ވަނީ މުސާރައާއި އިނާޔަތް ދިނުމަށް ކަމަށް ވެސް ފިނޭންސްގެ ހިސާބުތަކުން ދައްކަ އެވެ. އެގޮތުން މުސާރައާއި އިނާޔަތްތަކަށް ދައުލަތުން 8.1 ބިލިއަން ރުފިޔާ ވަނީ ހަރަދުކޮށްފަ އެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.