ރާއްޖެއިން ކޮވިޑަށް ފަރުވާދެމުންދިޔަ މީހަކު މަރުވެ، ޖުމްލަ އަދަދު 174 އަށް އަރައިފި އެވެ.

ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ހާމަކޮށްފައިވާގޮތުން މިރޭ 10:53 ގައި މަރުވެފައިވަނީ 63 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށެވެ. އެއާއި އެކު ރާއްޖެއިން މި ބަލީގައި މަރުވި މީހުންގެ އަދަދު 174 އަށް ވަނީ އަރާފައެވެ.

މި ބަލީގައި މިމަހު އެކަނި ވެސް 13 މީހަކު މަރުވެފައިވެއެވެ. އޭގެ ތެރޭގައި އުމުރުން 10 އަހަރުގެ ކުޑަ އަންހެން ކުއްޖަކު ވެސް ހިމެނެއެވެ.

އެޗްޕީއޭއިން ހާމަކޮށްފައިވާގޮތުން ފާއިތުވެދިޔަ 24 ގަޑިއިރުތެރޭގައި  648 މީހަކު ވަނީ ކޮވިޑަށް ޕޮޒިޓިވް ވެފައެވެ.

ރާއްޖޭގައި މިވަގުތު ކޮވިޑަށް ފަރުވާ ހޯދަމުން އަންނަ މީހުންގެ އަދަދު ވަނީ 22,375 އަށް އަރާފައެވެ. މީގެތެރެއިން ހޮސްޕިޓަލުތަކުގައި 213 މީހަކަށް ދަނީ ފަރުވާދެމުންނެވެ. މިއަދާ ހަމަޔަށް އެޗްޕީއޭގެ ތަފާސްހިސާބުތައް ދައްކާގޮތުން 66,516 މީހަކު ވަނީ ކޮވިޑަށް ޕޮޒިޓިވްވެފައެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.