ސަރުކާރުގެ މައި ހޮސްޕިޓަލް، އައިޖީއެމްއެޗްއަށް ނަރުހުން ހޯދަން އެ ހޮސްޕިޓަލުން އިއުލާންކޮށްފި އެވެ.
އައިޖީއެމްއެޗް އިން މިއަދު ކުރި އިއުލާނެއްގައި ބުނެފައި ވަނީ އެ ހޮސްޕިޓަލަށް ރެޖިސްޓާޑް ނަރުހުންނާއި، ސީނިއާ ރެޖިސްޓާޑް ނަރުހުންނާއި އަދި ކްލިނިކަލް ނަރުހުން ހޯދަން ބޭނުންވާ ކަމަށެވެ. އެގޮތުން އެ މަގާމްތަކަށް 23 ނަރުހުން ހޯދަން ބޭނުންވާ ކަމަށް އެ އިއުލާނުގައި ބުނެފައިވެ އެވެ.
އެ އިއުލާންގައި އިތުރަށް ބުނެފައި ވަނީ ރެޖިސްޓާޑް ނަރުހަކަށް 9،060 ރުފިޔާ އާއި 9،360 ރުފިޔާ ދެމެދުގެ އަދަދެއްގެ މުސާރަ ލިބޭނެ ކަމަށާއި ސީނިއާ ރެޖިސްޓާޑް ނަރުހަކަށް 9،670 ރުފިޔާ އާއި 10،160 ރުފިޔާގެ މުސާރަ ލިބޭނެ ކަމަށެވެ. އަދި ކްލިނިކަލް ނަރުހަކަށް 10،410 ރުފިޔާ އާއި 10،940 ރުފިޔާގެ މުސާރައެއް ލިބޭނެ ކަމަށެވެ.
އެ މަގާމްތަކަށް ކުރިމަތިލުމުގެ ފުރުސަތު މި މަހުގެ 16 ވަނަ ދުވަހާ ހަމަޔަށް ވަނީ ހުޅުވާލައިފަ އެވެ.
އައިޖީއެމްއެޗް އިން މިދިޔަ ސެޕްޓެމްބަރު މަހުގައި ވެސް ވަނީ އެ ހޮސްޕިޓަލަށް 39 ނަރުހުން ހޯދަން އިއުލާންކޮށްފަ އެވެ.