ލާޒިއޯގެ ކޯޗުގެ ގޮތުގައި އިންޒާގީ ހަރަކާތްތެރިވަނީ

އިޓަލީގެ ޗެމްޕިއަން އިންޓަ މިލާގެ ކޯޗަކަށް ސިމޯން އިންޒާގީ ހަމަޖައްސައިފިއެވެ.

އިންޓައަށް އިޓަލީގެ ޗެމްޕިއަންކަން ހޯދައިދިން ކޯޗު އެންޓޯނިއޯ ކޮންޓޭ ވަނީ އެ ކްލަބާއެކު ހަދާފައިވާ އެއްބަސްވުން އުވާލުމަށްފަހު އެ ކްލަބާއި ދުރަށް ޖެހިލާފައެވެ. މިދިޔަ ސީޒަނުގެ ޗެމްޕިއަންކަން އިންޓައިން ހޯދީ 10 އަހަރުގެ ދިގު އިންތިޒާރަކަށް ފަހުއެވެ. އޭނާގެ ބަދަލުގައި އިންޒާގީ ކޯޗަކަށް އައްޔަނުކުރީ ދެ އަހަރު ދުވަހުގެ އެއްބަސްވުމެއްގެ ދަށުންނެވެ.

އިންޓައިން ގިނަ އަދަދެއްގެ ކޯޗުންނަށް ފާރަލި ނަމަވެސް އެޓީމުން ނިންމީ ލާޒިއޯގައި މިދިޔަ ހަތަރު ސީޒަންގައި ހުރި އިންޒާގީ ގެނައުމަށެވެ. ލިމިޓެޑް ބަޖެޓަކާއެކު މަސައްކަތް ކުރަމުން އިންޒާގީ ވަނީ އެޓީމަށް ތިން މުބާރާތެއް ކާމިޔާބުކޮށްދީފައެވެ. ލާޒިއޯއަށް ޗެމްޕިއަންސް ލީގުގައި ކުޅުމުގެ ފުރުސަތު އިންޒާގީ ހޯދައިދިންއިރު އެފަހަރުގެ މުބާރާތުގެ ގަދަ 16 އިން އޭނާ އެޓީމަށް ޖާގަ ހޯދައިދިނެވެ.

އޭނާ އެ ޓީމާއި ހަވާލުވިއިރު މުހިންމު ގިނަ ކުޅުންތެރިންތަކެއް ހޯދުމަށް ޔޫރަޕުގެ ޓީމުތަކުން މަސައްކަތްކުރަމުން އަންނަ ކަމަށް ރިޕޯޓްތައް ބުނެފައިވެއެވެ. އެގޮތުން އެންމެ ގިނަ ލަނޑު ޖެހި ރޮމެލޫ ލޫކާކޫ ހޯދުމަށް އިނގިރޭސިވިލާތުގެ ކްލަބްތަކުން މަސައްކަތްކުރަމުން އަންނައިރު ލައުޓާރޯ މާޓިނޭޒް ވެސް ހޯދުމަށް ރެއާލްއިން މަސައްކަތްކުރަމުންދާ ކަމަށް ރިޕޯޓްތައް ބުނެއެވެ.

ސިމޯން އިންޒާގީއަކީ އޭސީ މިލާނަށް ކުރިން ކުޅުނު ޔޫރަޕުގައި އުފެދުނު މޮޅު ފޯވާޑުންގެ ތެރޭގައި ހިމެނޭ ފިލިޕޯ އިންޒާގީގެ ކޮއްކޮއެވެ. ސިމޯން ވެސް ފޯވާޑެއްގެ ގޮތުގައި އިޓަލީގެ ބައެއް ޓީމުތަކަށް ކުޅެފައިވާއިރު އޭނާ އެންމެ ގިނަ މެޗު ކުޅެދިނީ ލާޒިއޯއަށެވެ.

 

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.