ކުޅުދުއްފުށި ސިޓީގެ ފިހާރައެއްގައި މަސައްކަތްކުރާ ޒުވާނަކަށް ތޫނު އެއްޗަކުން ހަމަލާދީ ޒަހަމްކޮށްލައިފިއެވެ.

ފުލުހުން މީޑިއާތަކަށް މައުލޫމާތު ދީފައިވާގޮތުގައި، ތޫނު އެއްޗެއް ބޭނުންކޮށްގެން މާރާމާރީއެއް ހިންގައި، މީހަކު ޒަހަމްކޮށްލައިފައިވާކަމުގެ މައުލޫމާތު ފުލުހުންނަށް ލިބިފައިވަނީ މިއަދު 11:41ގައެވެ. މި ހަމަލާގައި އަނިޔާވެފައިވަނީ 22 އަހަރުގެ ދިވެހި ފިރިހެނަކަށެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި، ހަމަލާދީފައިވަނީ ކުޅުދުއްފުށީ "ބަރާބަރު" ނަމަކަށް ކިޔާ ފިހާރައިގެ މުވައްޒަފަކަށެވެ. މާރާމާރީ ހިންގާފައިވަނީ ފިހާރަ ތެރޭގައެވެ.

ޒަހަމްވެފައިވާ މީހާއަށް މިހާރުދަނީ ކުޅުދުއްފުށި ރީޖަނަލް ހޮސްޕިޓަލުގައި ފަރުވާ ދެމުންނެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.