2 މެއި 2021، ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން -- ފޮޓޯ: ރައީސް އޮފީސް

ސަރުކާރުގެ ވިސްނުމަކީ ކައުންސިލްތަކުގެ ސެކްރެޓެރީ ޖެނެރަލުން އައްޔަނުކުރުމުގައި ކައުންސިލްތަކުގެ ލަފާހޯދުން ކަމަށް ސަރުކާރުގެ ތަރުޖަމާނު މުހައްމަދު މަބްރޫކް އަޒީޒް ވިދާޅުވެއްޖެއެވެ.

ކައުންސިލްތަކުގެ ލަފަޔާއި ނުލައި، ސެކެޓްރީ ޖެނެރަލުން އައްޔަނުކުރާ ގޮތަށް ގާނޫނަށް އިސްލާހު ގެނައުމަށްޓަކައި ރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލް ރައްޔިތުންގެ މަޖިލީހަށް މިއަދު ވަނީ ތައާރަފްކޮށްފައެވެ. މި ބިލު ހުށަހެޅުއްވީ ގެމަނަފުށީ ދާއިރާގެ މެމްބަރު އަހްމަދު ސައީދުއެވެ.

 

 

މި ބިލު ހުށައެޅުމުގެ ބޭނުމެއްގެ ގޮތުގައި ވަނީ ސީއެސްސީގެ ވަޒީފާއަށް ކުރިމަތިލުމުގެ ފުރުސަތު ފާޅުކަން ބޮޑު ގޮތެއްގައި ހުޅުވާލާ ހަމަހަމަ ފުރުސަތެއް ދިނުމެވެ. އަދި އެ މަގާމަށް އައްޔަނުކުރާ ފަރާތަކީ ސިޔާސީ ނުފޫޒުން އެއްކިބާވެފައިވާ، ވަކި ފަރާތެއްގެ ރުހުން ހޯދުމަށް މަސައްކަތްނުކުރާ ފަރާތެއް ކަން ކަށަވަރުކުރުމެވެ.

މިރޭ ކުރެއްވި ޓްވީޓެއްގައި މަބްރޫކް ވަނީ ކައުންސިލްތަކުގެ ސެކްރެޓެރީ ޖެނެރަލްގެ މަގާމަށް ބޭފުޅުން އައްޔަނު ކުރުމުގައި ކައުންސިލްގެ ލަފާ ހޯދުމަށް ގާނޫނުގައި މިހާރު ލިޔެވިފައިވަނީ މިސަރުކާރުން ގެނައި މުހިންމު އިސްލާހާއިއެކުކަމަށް ވެސް ވިދާޅުވެފައެވެ.

މިހާރު ގާނޫނު ގާނޫނު އޮންނަ ގޮތުން ކައުންސިލްތަކުގެ އެންމެ އިސް އިދާރީ މުއައްޒަފުގެ ގޮތުގައި ކަނޑައަޅައި، ސެކެޓްރީ ޖެނެރަލުން އައްޔަނުކުރާނީ ކައުންސިލްތަކުގެ ލަފާގެ މަތިންނެވެ.

މީގެއިތުރުން މި އިސްލާހު ގެނައުމަށްޓަކައި ސިވިލް ސަރވިސް ކޮމިޝަންގެ ގާނޫނަށްވެސް އިސްލާހު ގެނައުމަށް ވަނީ ހުށައަޅާފައެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.