އިނގިރޭސިވިލާތުގެ ރާނީ އެލިޒަބަތު

އިނގިރޭސީ ރާނީ އެލްޒަބަތު، އެމެރިކާގެ ރައީސް ޖޯ ބައިޑެން މިހިނގާ ޖޫން މަހުގެ ތެރޭގައި ބައްދަލުކުރުމަށް ހަަމޖެހިފައިވާކަމަށް ރިޕޯޓްތައް ބުނެފިއެވެ.

ބައިޑެން އިނގިރޭސިވިލާތަށް މި ކުރައްވ ދަތުރުފުޅަކީ ޖީ-7 ސަމިޓްގައި ބައިވެރިވެ ވަޑައިގަތުމަށް ކުރައްވާ ދަތުރުފުޅެކެވެ.

ބަކިންހަމް ޕެލަސް އިން ހާމަކޮށްފައިވާ ގޮތުގައި ބައިޑެން އާއި އަނބިކަނބަލުން ޖިލް ބައިޑެން އިނގިރޭސި ވިލާތަށް ކުރައްވާ މިދަތުރުފުޅުގައި ރާނީ އެލްޒަބަތާއި ބައްދަލުކުރެއްވުމަށް ހަމަޖެހިފައިވަނީ މިމަހުގެ 13 ވަނަ ދުވަހު ވިންޑްސޯ ކާސަލްގައެވެ.

މި ދަތުރުފުޅަކީ އެމެރިކާގެ ރައީސްގެ މަޤާމުގެ ހުވާ ކުރެއްވި ފަހުން ބައިޑެން އިނގިރޭސިވިލާތަށް ކުރައްވާ ފުރަތަމަ ދަތުރުފުޅަށެވެ.

އެންމެ ފަހުން އެމެރިކާގެ ރައީސް އަކާއި ރާނީ ބައްދަލުކުރައްވާފއި ވަނީ 2019 ވަނަ އަހަރުއެވެ. އެއީ އޭރު ރައީސް ކަމުގައި ހުންނެވި ޑޮނަލްޑް ޓްރަމްޕާއި އަނބިކަނބަލުން މިލޭނިއާ ޓްރަމްޕެވެ.

ރާނީ އާއި އެކު މިބައްދަލުކުރެއްވުމުގައި ޕްރިންސް ޗާލްސް އާއި ޑަޗަލް އޮފް ކޯންވޯލް ކެމިލާ ޕާރކާރ ވެސް ބައިވެރިވެޑައިގަންނަވާނެ ކަމަށް ރިޕޯޓްތައް ބުނެއެވެ.

 

 

 

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.