ކޮވިޑް-19 އަށް ޕޮޒިޓިވްވެފައިވާ މާބަނޑު މީހަކު ވިހޭ ދަރިފުޅު މަރުވެއްޖެއެވެ.
މިކަމާ ގުޅިގެން އައިޖީއެމްއެޗުން ބުނީ، އެ ހޮސްޕިޓަލުގެ އީއާރްއަށް ގެންދިޔަ މާބަނޑު މީހަކު ވިހޭ ދަރިފުޅު މަރުވެފައިވާ ކަމަށެވެ. މިވަގުތު އެ އަންހެން މީހާ އޮތީ ދަރުމަވަންތަ ހޮސްޕިޓަލުގެ 16 ވަނަ ފަންގިފިލާގައި ކަމަށެވެ.
މައުލޫމާތު ލިބޭ ގޮތުގައި އަންހެން މީހާ ހޮސްޕިޓަލަށް ގެންދިޔައީ އެމްބިއުލާންސްގައެވެ. އަދި ވިހެއީ ވެސް ހޮސްޕިޓަލަށް ގެންދިޔަ މަގުމަތީގައި އެމްބިއުލާންސްގައި ކަމަށް މައުލޫމާތު ލިބެއެވެ.
ކޮވިޑްގެ ހާލަތު ގޯސްވެފައި ވާއިރު، ޕޮޒިޓިވްވެ ގޭގައި ތިބޭ މީހުންނަށް ދޭން ޖެހޭ ސިއްހީ ފަރުވާ ދިނުމުގައި ލަސްތަކެއް އުޅޭ ކަމަށް ބުނެ ގިނަ ފަރާތަތްތަކަކުން ދަނީ ކަންބޮޑުވުން ފާޅު ކުރަމުންނެވެ.