ހއ. ހޯރަފުށީގައި ތަރައްގީކުރަމުން އަންނަ އެއާޕޯޓް މަޝްރޫއުގެ މަސައްކަތުގެ 84 އިންސައްތަ ނިމިފައިވާކަމަށް އެ މަސައްކަތްކުރަމުން އަންނަ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ހާމަކޮށްފިއެވެ.

އެ ކުންފުނިން މިއަދު ކުރި ޓްވީޓެއްގައި ވަނީ ނޮވެމްބަރު މަހުގެ 8 ވަނަ ދުވަހަށް މަސައްކަތްތައް ނިންމާލެވޭނެ ކަމަށް އުންމީދުކުރާ ކަމަށެވެ. އަދި މި މަސައްކަތް ކުރިޔަށްދާ ގޮތް އެ ކުންފުނީގެ ސީއީއޯ އާދަމް އާޒިމް މިއަދު ހޯރަފުށްޓަށް ގޮސް ބައްލަވާލެއްވި ކަމަށް ވެސް އެ ޓްވީޓުގައި ވެއެވެ.

ހޯރަފުށީގައި އެއާޕޯޓް ތަރައްގީ ކުރުމަށް ބިން ހިއްކާފައި ވަނީ ވެސް އެމްޓީސީސިއިންނެވެ. މި މަސައްކަތް ކުރީ އެ ކުންފީނގެ ޑްރެޖަރ މަހާޖައްރާފުންނެވެ. މި މަޝްރޫއުގެ ދަށުން ރަންވޭގައި އެގްރިގޭޓް ބޭސްކޯސް އަޅައި ނިމިފައިވާއިރު، އޭޕްރޮންގެ އެގްރިގޭޓް ބޭސްކޯސް ވެސް ވަނީ ނިމިފައެވެ. އަދި ޝޯ ޕްރޮޓެކްޝަން 100 އިންސައްތަ ނިމިފައިވާއިރު ފެންސްގެ 97 އިންސައްތަ ވެސް ވަނީ ނިމިފައެވެ.

ހޯރަފުށީ އެއަރޕޯޓްގެ ޓާމިނަލް އަދި ފަޔަރ ބިލްޑިންގ ގެ މަސައްކަތް ކުރިއަށްގެންދިޔުމަށް އެމްޓީސީސީ އާ ހަވާލުކޮށް އެގްރީމެންޓްގައި ސޮއިކޮށްފައިވަނީ އެ މަސައްކަތުގެ އަމަލީ މަސައްކަތް ވެސް އެކުންފުނިން ވަނީ ފަށާފައެވެ. 

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.