ޔުއެފާ ޗެމްޕިއަންސް ލީގުގެ ގްރޫޕްގެ އޭގެ މެޗުން ބަޔާން މިއުނިކް މޮޅުވިއިރު އެތުލެޓިކޯ މެޑްރިޑް އެއްވަރުވެއްޖެއެވެ. 

ރަށުން ބޭރުގައި ލޮކޮމޯޓިވް މޮސްކޯއާ ދެކޮޅަށް އެތުލެޓިކޯ ކުޅުނު މެޗު ނިމުނީ 1-1 އިން އެއްވަރުވެގެންނެވެ. މި މެޗުގެ ފުރަތަމަ ލަނޑު 18 ވަނަ މިނެޓުގައި އެތުލެޓިކޯއަށް ޖަހައިދިނީ ހިމެނޭޒްއެވެ. ލިބުނު ޕެނަލްޓީއަކުން 25 ވަނަ މިނެޓުގައި ލޮކޮމޯޓިވްއަށް އެއްވަރުކޮށްދިނީ އެންޓަން މިރަންޗުކްއެވެ. 

ބަޔާންއިން ވަނީ ރަށުން ބޭރުގައި 6-2 ގެ ތަފާތު ބޮޑު ނަތީޖާއަކުން އޮސްޓްރިއާގެ ސަލްޒަބާގް ބަލިކޮށްފައެވެ. މި މެޗުގައި ބަޔާންއިން ޖެހި ލަނޑުތައް ރޮބަޓް ލެވަންޑޯސްކީ، ލީރޯއި ސާނޭ، ޖޯޝުއާ ކިމިޗް އަދި ޖެރޯމް ބޯޓެންގ ޖަހައިދިންއިރު ސަލްޒަބާގްގެ ލަނޑުތައް ޖަހައިދިނީ މަގިމް ބެރިޝާ އަދި މަޔާސާ އޮކަގާވާއެވެ. 

ކުޅުނު ތިން މެޗު ވެސް ކާމިޔާބުކޮށް މި ގްރޫޕްގެ އެއްވަނައިގައި ނުވަ ޕޮއިންޓާއެކު ބަޔާން މިއުނިކް އޮތްއިރު ދެވަނަ ހަތަރު ޕޮއިންޓާއެކު ލިބެނީ އެތުލެޓިކޯ މެޑްރިޑްއަށެވެ. ދެ ޕޮއިންޓާއެކު ތިންވަނައިގައި ލޮކޮމޯޓިވް މޮސްކޯ އޮތްއިރު ހަތަރުވަނަ ލިބެނީ ސަލްޒަބާގްއަށެވެ. 

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.