ނ. މިލަދޫ ބަނދަރު ތަރައްގީ ކުރުމުގެ މަސައްކަތުގެ 34 ޕަސަންޓް ނިމިއްޖެ އެވެ.
މިލަދޫ ބަނދަރު ތަރައްގީ ކުރުމުގެ މަޝްރޫއު ސަރުކާރުން ހަވާލުކޮށްފައި ވަނީ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ)އާއެވެ.
އެ ކުންފުނިން މިއަދު ކުރި ޓުވީޓެއްގައި ބުނީ މިލަދޫ ބަނދަރު ތަރައްގީ ކުރުމުގެ މަޝްރޫއުގެ މަސައްކަތުގެ 34 ޕަސެންޓް ނިމިފައިވާ ކަމަށާއި މި މަޝްރޫއުގެ ތެރެއިން ބަނދަރު ފުންކުރުމުގެ މަސައްކަތުގެ 57 ޕަސެންޓް މަސައްކަތް ވެސް ނިމިފައިވާ ކަމަށެވެ.
މި މަޝްރޫއުގައި ސޮއި ކޮށްފައި ވަނީ މިދިޔަ އަހަރު ސެޕްޓެމްބަރު މަހު 25 ގައެވެ.