މާލޭގައި ތޫނު އެއްޗަކުން ހަމަލާދީ މީހަކު ޒަހަމްކޮށްލައިފިއެވެ.

މިކަމާ ގުޅިގެން ޖަޒީރާއަށް މައުލޫމަތު ދެމުން ފުލުހުން ބުނީ، މާލެ މައްޗަންގޯޅި ގެއެއްގެ ތެރޭގައި ތޫނުއެއްޗަކުން މީހަކަށް ހަމަލާ ދީފައިވާ ކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށެވެ. އަދި މި ރިޕޯޓް ފުލުހުންނަށް ލިބުނީ މިއަދު ހެނދުނު 11:04 ހާއިރު ކަމަށް ފުލުހުން ބުނެއެވެ.

ފުލުހުން ބުނީ ތޫނު އެއްޗަކުން ހަމަލާދީ ޒަހަމް ކޮށްލާފައި ވަނީ އުމުރުން 19 އަހަރުގެ ދިވެހި ފިރިހެނަކަށް ކަމަށެވެ. ޒަހަމްވި މީހާއަށް މިހާރު އައިޖީއެމްއެޗްގައި ދަނީ ފަރުވާ ދެމުންނެވެ.

ފުލުހުން ދަނީ މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުންނެވެ.

1
1
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.