އެމެރިކާގެ ރިޔާސީ އިންތިހާބުގެ ނަތީޖާތައް އަންނަން ފަށާފައިވާއިރު ޑިމޮކްރަޓިކް ޕާޓީގެ ކެންޑިޑޭޓް ޖޯ ބައިޑެން ލީޑު ނަންގަވައިފިއެވެ. 2017 ވަނަ އަހަރުގެ ޖެނުއަރީ މަހު ރައީސް ކަމުގެ ހުވާ ކުރެއްވި ޑޮނާލްޑް ޓްރަމްޕް ދެވަނަ ދައުރަކަށް ރިޕަބްލިކަން ޕާޓީގެ ފަރާތުން ކުރިމަތިލައްވާއިރު ޑިމޮކްރަޓިކް ޕާޓީގެ ކެންޑިޑޭޓަކީ ޖޯ ބައިޑެންއެވެ. އެމަނިކުފާނަކީ އެމެރިކާގެ އެންމެ ފުރަތަމަ ކަޅު ނަސްލުގެ ރައީސް ކަމަށްވާ ބަރަކް އޮބާމާގެ ނައިބް ރައީސްކަން ކުރެއްވި ބޭފުޅެކެވެ.

އިންތިހާބުގެ ނަތީޖާ ކަނޑައަޅާ އިލެކްޓޯރަލް ކޮލާޖްގެ 270 ގޮނޑި ކާމިޔާބުކުރަން ޖެހޭއިރު ބައިޑެން ވަނީ މިހާތަނަށް 205 އިލެކްޓޯރަލް ކޮލާޖްގެ ވޯޓު ނަންގަވާފައެވެ. ރައީސް ޑޮނާލްޑް ޓްރަމްޕްއަށް ލިބިލެއްވީ 114 ވޯޓެވެ. އެންމެ ގިނަ އިލެކްޓޯރަލް ކޮލެޖްގެ ވޯޓު ހިމެނޭ ކެލިފޯނިޔާ ވެސް ކާމިޔާބުކުރެއްވީ ބައިޑެންއެވެ. ޕޮޕިއުލަރ ވޯޓުގެ ކުރީގައި ވެސް އުޅުއްވަނީ ބައިޑެންއެވެ. 

ރައީސް ޓްރަމްޕްގެ ނައިބް ރައީސްގެ ގޮތުގައި އިންތިހާބުގައި ވާދަކުރައްވަނީ މިހާރު ވެސް އެމަގާމު ފުރުއްވަމުން އަންނަ މައިކް ޕެންސްއެވެ. ބައިޑެންގެ ނައިބް ރައީސްގެ ގޮތުގައި ވާދަކުރައްވަނީ ކެލެފޯނިއާގެ ގޮނޑިއެއް ސެނެޓުގައި ފުރުއްވަމުން އަންނަ ކަމާލާ ހެރިސްއެވެ. 

އިންތިހާބުގެ ވޯޓުލުމަށް ހުޅުވާލި އަވަސް ފިޔަވަހީގައި 100 މިލިއަނަށްވުރެ ގިނަ މީހުން ވޯޓުލިއެވެ. އިންތިހާބުގެ ނަތީޖާތައް ޓްރަމްޕް ބައްލަވަމުން ގެންދަވަނީ ވައިޓް ހައުސްއިންނެވެ. 

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.