ނޮވެމްބަރު 3ގެ އުދުވާނީ ހަމަލާގައި ޝަހީދު ވެގެންދިޔަ ޝަހީދު ހުސައިން އާދަމްގެ ބައްޕަ ހދ.ކުޅުދުއްފުށީ މާވާގޭ އާދަމް މުޙައްމަދަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހު ފޯނުން ގުޅުއްވައިފިއެވެ.

މިއަދު އާދަމް މުހައްމަދަށް ފޯނުން ގުޅުއްވައި، ޝަހީދު ހުސައިން އާދަމް ދިވެހި ގައުމަށްޓަކައި ވެ ވަޑައިގެންނެވި ގުރުބާނީގެ އަގު ވަޒަންކުރައްވައި އެކަމަށްޓަކައި ރައީސްވަނީ ޝުކުރުއަދާކުރައްވާފައެވެ. 

އެގޮތުން، 1988 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ 3 ވަނަ ދުވަހު ދިވެހިންގެ މަދުބަޔަކާއި ބޭރުގެ ޓެރަރިސްޓް ޖަމާއަތަކާ ގުޅިގެން ރާއްޖެއަށް ދިން އުދުވާނީ ހަމަލާގައި، މާތްވެގެންވާ އިސްލާމްދީނާއި ދިވެހި ޤަައުމާއި ދިވެހި ރައްޔިތުންގެ ޙައްޤުގައި ފުރާނަ ޤުރްބާން ކުރައްވައި، އެކުރެއްވި މަތިވެރި ޖިހާދަކީ، ރާއްޖޭގެ ތާރީޚުން ދުވަހަކުވެސް ފަނޑުވެގެންދާނެ ޖިހާދެއް ނޫންކަމަށް ރައީސްވަނީ ވިދާޅުވެފައެވެ.

މި ކޯލުގައި ޝަހީދު ޙުސައިން އާދަމަށްޓަކައި މުޅި ދިވެހި ޤައުމު ފަޚުރުވެރިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވެފައިވެއެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.