ކޮވިޑް-19 އިން ދިފާއުވުމަށް ވެކްސިން ޖަހަމުން އަންނައިރު، 2 ކުންފުންނެއްގެ ވެކްސިން އިން ދެ ޑޯޒް ހަމަކުރުމަން މައްސަލެއެއް ނުޖެހޭނެކަމަށް ކެނެޑާގެ ޕަބްލިކް ހެލްތު އޭޖެންސީ އިން ބުނެފިއެވެ.

ކެނެޑާގެ ޕަބްލިކް ހެލްތު އެމަޖެންސީގެ ޗީފް ޕަބްލިލް ހެލްތު އޮފިސަރ ޑޮކްޓަރ ތެރީސާ ޓޭމް މިހެން ބުނެފައިވަނީ ނޫސްވެރިންނާއި ބައްދަލުކުރުމަށް ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައެވެ. ބައްދަލުވުމުގައި އޭނާ ވަނި، ކެނެޑާގައި އެސްޓަރާޒެނެކާ ވެކްސިންގެ ފުރަތަމަ ޑޯޒް ޖަހާފައިވާ މީހަކަށް ފައިޒާ ނުވަތަ މޮޑާނާ ވެކްސިން އިން ދެވަނަ ޑޯޒް ހަމަކުރުމަށް ޖަހަން ފަށާނެކަމަށް ބުނެފައެވެ.

އެސްޓްރާޒެނެކާ ވެކްސިންގެ ފުރަތަމަ ޑޯޒް ޖަހާފައިވާ މީހަކަށް މޮޑާނާ ނުވަތަ ފައިޒާ ވެކްސިންގެ ދެވަނަ ޑޯޒް ޖެހޭނެ. ފައިޒާ ނުވަތަ މޮޑާނާ ޖަހާފައިވާ މީހަކަށް މި ދެ ވެކްސިނުންނ ކުރެ ވެކްސިނަކުން ދެވަނަ ޑޯޒް ފުރިހަމަކުރެވޭނެ.

ފައިޒާ ނުވަތަ މޮޑާނާ ވެކްސިންގެ ފުރަތަމަ ޑޯޒް ޖަހާފއިވާ މީހަކަށް އެސްޓްރާޒެނެކާ ވެކްސިންގެ ދެވަނަ ޑޯޒް ޖަހާ ނުދޭ ސަބަބަކަށް އޭނާ ފާހަގަކޮށްފައިވަނީ، އެސްޓްރާޒެނެކާގެ ދެވަނަ ޑޯޒް ތައްޔާރުކުރުމަށް ތަފާތު ޓެކްނޮލަޖީއެއް ބޭނުންކޮށްފައިވުމުގު ސަބަބުންނެވެ.

ދެ ކުންފުންނޭއްގެ ވެކްސިނުން ދެ ޑޯޒް ހަމަކުރުމުގެ ފުރުސަތު ހުޅުވާލާފައިވިޔަސް އެންމެ ރަނގަޅީ އަދިވެސް އެއްކުންފުންޏެއްގެ ވެކްސިނުން ދެ ޑޯޒް ހަމަކުރުމުގެ ފުރުސަތު ލިބޭނަމަ އެއް ކުންފުންނެއްގެ ވެކްސިން ޖެހުންކަމަށް އެނާ ވިދާޅުވިއެވެ. ކެނެޑާއިން ފާއިތުވި ހަފްތާތަކުގައި އަންނަނީ ކޮންމެ ދުވަހަކު އެގައުމުގެ އާބާދިގެ %1 އަށް ވެކްސިން ޖަހަމުންނެވެ. އެހެންނަމަވެސް، ކެނެޑާގެ ސަރުކާރުން އަންނަނީ މޮޑާނާއާއި އެސްޓްރާޒެނެކާ ވެކްސިން ހޯދުމަށް ދަތިތަކާ ކުރިމަތި ވަމުންދާކަން ފާހަގަކޮށްފައެވެ.

ކެނެޑާގައި އެކި ކުންފުނިތަކުގެ ވެކްސިނުން ދެ ޑޯޒް ފުރިހަމަ ކުރުމަށް ހުޅުވާލުމުން އެގައުމުގެ ވެކްސިން ޕްރޮގްރާމަށް ކުރިމަތިވެފައިވާ ދަތިތަކަށް ވަރަށް ބޮޑެތި ލުޔެއް އަންނާނެކަމަށް އެގައުމުގެ ޕަބްލިކް ހެލްތު އެމަޖެންސީގެ ޗީފް ޕަބްލިކް ހެލްތު އޮފިސަރ ވިދާޅުވެއެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.