މާލެއިން ގެއްލިގެން ހޯދަމުންދަނިކޮށް ނޮވެމްބަރު ދެވަނަ ދުވަހުގެ ހެނދުނު ފެނުނު އަންހެން މީހާ ރަހީނުކޮށްފައިވާ ކަމަށް ބެލެވޭ މައްސަލައިގައި މީހަކު ހައްޔަރުކޮށްފިއެވެ. 

އޮކްޓޯބަރ 31 ވަނަ ދުވަހުގެ 13:30 އިން ފެށިގެން ލަގްޒަރީ/ރ.ކިނޮޅަސް، ޝިރުމީނާ އަބޫބަކުރު (33އ) ވީނުވީއެއް ނޭނގި ގެއްލިގެން ހޯދަމުންދިޔައިރު އާއިލާގެ ފަރާތުން ފުލުހުންނަށް އެކަން ރިޕޯޓް ކޮށްފައިވަނީ ހަމަ އެދުވަހުގެ ރޭ 22:45 ގައެވެ.

އޭނާ ހޯދުމަށް ފުލުހުން މަސައްކަތްކޮށްފައިވާއިރު، މިކަމުގައި އާންމުންގެ އެހީތެރިކަމަށްވެސް އެދިފައިވަނިކޮށް ހޯމަ ދުވަހުގެ ހެނދުނު 8:45 އެހާކަށްހާއިރު އޭނާ ގެޔަށް ގޮސްފައިވާ ކަމަށް ފުލުހުން ހާމަކުރިއެވެ. 

ބައެއް މީޑިއާތަކަށް އޭނާގެ އާއިލާތަކުން މައުލޫމާތު ދީފައިވާ ގޮތުގައި އޭނާ ގެއްލުނީ ބަޔަކު އޭނާ ރަހީނުކުރުމުންނެވެ. އަދި އޭނާއަށް އަނިޔާ ދީފައިވާ ކަމަށް ވެސް ބުނެފައިވެއެވެ. މިކަމާއި ގުޅިގެން ފުލުހުން ފެށި ތަހުގީގުގައި މިއަދު ހައްޔަރުކޮށްފައިވަނީ އުމުރުން 31 އަހަރުގެ ދިވެހި ފިރިހެނެކެވެ. އޭނާ ހައްޔަރުކޮށްފައިވަނީ ކޯޓު އަމުރެއްގެ ދަށުން ކަމަށް ފުލުހުން ވަނީ ބުނެފައެވެ. 

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.