ހެލްތް މިނިސްޓަރ އަހްމަދު ނަސީމް

ރަޝިޔާ ވެކްސިން، ސްޕުޓްނިކް ހިލޭ ލިބޭނެ ކަމަށް އޮތީ ސައްހަ ލިޔުމެއްގައި ނޫން ކަމަށް ހެލްތް މިނިސްޓަރ އަހްމަދު ނަސީމް ވިދާޅުވެއްޖެއެވެ.

މިނިސްޓަރ ނަސީމް މިހެން ވިދާޅުވީ އެޗްއީއޯސީގެ ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިޔަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ. މިނިސްޓަރ ވިދާޅުވީ ސްޕުޓްނިކް ހިލޭ ލިބޭނެ ކަމަށް ބުނާ ލިޔުންތަކެއް ލިބިވަޑައިގެންނެވި ކަމަށާއި، އެއީ ސައްހަ ލިޔުންތަކެއް ނޫންކަން ރަޝިޔާ ސަރުކާރުން ކަށަވަރު ކޮށްދެއްވި ކަމަށެވެ.

މިނިސްޓަރ ވިދާޅުވީ 5 ލައްކާ ޑޯޒް ލިބޭނެ ކަމަށް ބުނާ ލިޔުންތަކެއް ލިބިފައި ވަނީ ޑެލްޓާ ޝިޕިން ކުންފުނީގެ މީހެއްގެ ފަރާތުން ކަމަށާއި، އެ ލިޔުންތައް ލިބުމުން ޝައްކުތަކެއް އުފެދުނު ކަމަށެވެ. އެއީ އާންމު ގޮތެއްގައި ވެކްސިން ވިއްކާނީ އެ ޕްރޮޑިއުސް ކުރާ ކުންފުނިިން ކަމަށް ވެފައި، އެކަމުގައި މެދުވެރިއެއް ބޭނުން ނުވާތީ ކަމަށް މިނިސްޓަރ ނަސީމް ވިދާޅުވިއެވެ.

އަދި ހުރިހާ މުއާމަލާތެއް ކުރިއަށް ގެންދަނީ ސަރުކާރާއި ވެކްސިން ކުންފުންޏާ ގުޅައިގެން ކަމަށް އޭނާ ވިދާޅުވިއެވެ. އޭނާ ވިދާޅުވީ ކުއްލިއަކަށް 5 ލައްކަ ޑޯޒް ހިލޭ ލިބޭ ވާހަކައެއް އޮތީމާ ޑޮކިއުމަންޓްތައް ފޮރިން މިނިސްޓްރީއަށް ފޮނުވި ކަމަށެވެ.

އަދި ފޮރިން މިނިސްޓްރީން އެކަން ބެލުމަށްފަހު ފޮނުވި ރިޕޯޓްގައި ބުނެފައި ވަނީ، ސްޕުޓްނިކް ވެކްސިންގެ 5 ލައްކަ ޑޯޒް ހިލޭ ލިބޭނެ ކަމަށް ބުނާ ޑޮކިއުމަންޓަކީ ސައްހަ ނޫން ލިޔެކިއުންތަކެއް ކަމަށް މިނިސްޓަރ ނަސީމް ވިދާޅުވިއެވެ.

0
0
0
1
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.