ދުނިޔޭގެ އެންމެ ގަދަ ބާރު ކަމަށްވާ އެމެރިކާގެ ރިޔާސީ އިންތިހާބުގެ ވޯޓުލުން ފަށައިފިއެވެ. މިފަހަރުގެ އިންތިހާބަކީ ހުރިހާ ގޮތަކުން ވެސް އެގައުމަށް މުހިންމު އަދި ތާރީޚީ އިންތިހާބެކެވެ. 

2017 ވަނަ އަހަރުގެ ޖެނުއަރީ މަހު ރައީސް ކަމުގެ ހުވާ ކުރެއްވި ޑޮނާލްޑް ޓްރަމްޕް ދެވަނަ ދައުރަކަށް ރިޕަބްލިކަން ޕާޓީގެ ފަރާތުން ކުރިމަތިލައްވާއިރު ޑިމޮކްރަޓިކް ޕާޓީގެ ކެންޑިޑޭޓަކީ ޖޯ ބައިޑެންއެވެ. އެމަނިކުފާނަކީ އެމެރިކާގެ އެންމެ ފުރަތަމަ ކަޅު ނަސްލުގެ ރައީސް ކަމަށްވާ ބަރަކް އޮބާމާގެ ނައިބް ރައީސްކަން ކުރެއްވި ބޭފުޅެކެވެ. 

ރައީސް ޓްރަމްޕްގެ ނައިބް ރައީސްގެ ގޮތުގައި އިންތިހާބުގައި ވާދަކުރައްވަނީ މިހާރު ވެސް އެމަގާމު ފުރުއްވަމުން އަންނަ މައިކް ޕެންސްއެވެ. ބައިޑެންގެ ނައިބް ރައީސްގެ ގޮތުގައި ވާދަކުރައްވަނީ ކެލެފޯނިއާގެ ގޮނޑިއެއް ސެނެޓުގައި ފުރުއްވަމުން އަންނަ ކަމާލާ ހެރިސްއެވެ. 

ވޯޓުލުމަށް ހުޅުވާލި އަވަސް ފުރުސަތުގައި މެއިލް މެދުވެރިކޮށް އަދި އެހެނިހެން ގޮތްގޮތުން 98.7 މިލިއަން މީހުން ވަނީ ވޯޓު ލާފައެވެ. މިއީ މީގެ ކުރިން އެއްވެސް އިންތިހާބެއްގައި ނުލާ ވަރުގެ އަދަދެކެވެ. 

ނިއު ހެމްޝިއަރގެ ދެ ޓައުނަކުން ވޯޓުލުން ފެށިފައިވާއިރު ވޯޓު ލާން ހުޅުވާލީ ދަންވަރުއެވެ. ނިއު ޔޯކާއި، ނިއު ޖާޒީ އަދި ވާޖީނިޔާގައި ވެސް ވަނީ ވޯޓުލާން ފަށާފައެވެ. 

އިންތިހާބު ނަތީޖާތައް ލިބެން ފަށާނީ މާދަމާ ރެޔެވެ. 

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.