ދޫނިދޫ ޖަލުގައި ފެން ހޮޅިތައް ބަދަލުކޮށް ސާފު ބޯފެން ފޯރުކޮށްދިނުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ފުލުހުން ބުނެފިއެވެ. ފުލުހުން ބުނި ގޮތުގައި މިހާރު ގައިދީންނަށް ދެން ދެނީ ފުޅީގައެވެ. 

ދޫނިދޫގައި ޖަލުގައި ދެމުން ގެންދާ ފެނުގައި މައްސަލަތަކެއް ހުރެގެން ފިޔަވަޅު އަޅަން ނިންމާފައިވާ ކަމަށް ބުނެ އިއްޔެ އެޗްއާރްސީއެމްއިން ބަޔާނެއް ނެރުނެވެ. އެ ބަޔާނުގައިވާ ގޮތުން ދޫނިދޫ ޑީސެލިނޭޝަން ޕްލާންޓުން ފޯރުކޮށްދޭ ފެނުގައި ގިނަ އަދަދަކަށް ކޮލިފޯމް (ބެކްޓީރިއާ) ހުންނަ ކަމަށާއި އެ ފެނަކީ ވޯލްޑް ހެލްތު އޯގަނައިޒޭޝަން (ޑަބްލިއުއެޗްއޯ) ގެ މިންގަނޑުތަކާ ނުފެތޭ ފެނެއް ކަމަށެވެ. 

އެކަމާ ގުޅިގެން ފުލުހުން މިއަދު ނެރުނު ބަޔާނެއްގައި ބުނީ ފެނުގެ މައްސަލަ ދާއިމީ ގޮތެއްގައި ހައްލު ކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ. 

އެގޮތުގެ މަތިން ބައެއް ފެން ހޮޅިތައް ބަދަލުކޮށް ފެން ސާފު ކުރުމަށް ބޭނުންކުރާ ކްލޮރިނޭޝަން ސިސްޓަމާއި އަލްޓްރާ ވައިލެޓް ފިލްޓްރޭޝަން ސިސްޓަމް ގާއިމް ކުރުމުގެ މަަސައްކަތް ކުރިއަށްގެންދާ ކަމަށް ފުލުހުން ބުންޏެވެ. 

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.