އިކޮނޮމިކް މިނިސްޓަރ ފައްޔާޒް އިސްމާއިލް

ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް އެހީ ލަސްވާ ސަބަބު އިކޮނޮމިކް މިނިސްޓަރ ފައްޔާޒް އިސްމައިލް ވިދާޅުވެ ދެއްވައިފިއެވެ.

މިނިސްޓަރ ފައްޔާޒް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ޖިމް، ސެލޫން، ކެފޭ އަދި ރެސްޓޯރަންޓްތައް ފަދަ ކުދި ވިޔަފާރިތަކަށް ލިބެމުންދާ ގެއްލުންތަކުން އަރައިގަތުމަށް މާލީގޮތުން އެހީތެރިވުމުގެ މަސައްކަތް އިކޮނޮމިކް މިނިސްޓްރީން ކުރަމުން ގެންދާ ކަމަށެވެ.

އޭނާ ވިދާޅުވީ، އެހީ ދިނުމުގައި ލަސްތަކެއް ކުރިމަތިވެފައި ވަނީ މިނިސްޓްރީގެ ގިނަ މުވައްޒަފުންތަކެއް ކޮވިޑަށް ޕޮޒިޓިވް ވެފައި ވާތީ ކަމަށެވެ.

ކޮވިޑް-19 ފެތުރެމުންދާތީ ހަރުކަށި ކުރަން ނިންމި ފިޔަވަޅުތަކާއި އެކު ކުދި ވިޔަފާރިތަކަށް ކުރިމަތިވެދާނެ ދަތިތަކަށް ހައްލެއް ހޯދައި ދިނުމަށް، އެ ވިޔަފާރިތަކަށް ލުއި ލޯނުތަކެއް ދޫކުރަން ނިންމަވާ، އެކަން އިއުލާން ކޮށްފައި ވަނީ މޭ 25 ވަނަ ދުވަހު ރައިސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ދެއްވި ނޫސްވެރިންގެ ބައްދަލުވުމުގައެވެ.

ރައީސް ސޯލިހް ވިދާޅުވީ، ކޮވިޑުގެ ރިލީފް ލޯނުގެ ގޮތުގައި ކުދި ވިޔަފާރިތަކަށް އަމާޒުކޮށްގެން މިދިޔަ އަހަރެކޭ އެއްގޮތަށް ސޮފްޓް ލޯނު ދިނުމުގެ މަސައްކަތް ވަރަށް އަވަހަށް ފަށާނެ ކަމަށެވެ. އަދި އޭގެ ތެރޭގައި ކެފޭރެސްޓޯރެންޓް، ޖިމް ސެލޫން ހިންގާ ފަރާތްތައް ހިމެނޭ ކަމަށް ވެސް އެމަނިކުފާނު ވަނީ ވިދާޅުވެފައެވެ.

މީގެއިތުރުން ބޭންކް އޮފް މޯލްޑިވްސް މެދުވެރިކޮށް، ސްޓްމިއުލަސް ލޯނު ދޫކުރަން ނިންމަވާފައިވާ ކަމަށާއި މި ލޯނުތައް ޖޫން މަހުގެ ތެރޭގައި ދޫކުރަން ފެށޭނެ ކަމަށް އެމަނިކުފާނު ވިދާޅުވެފައި ވެއެވެ. ރައީސް ސޯލިހް ވިދާޅުވީ މިކަމަށްޓަކައި 375 މިލިއަން ރުފިޔާގެ ފެސިލިޓީއެއް ހަމަޖެއްސުމުގެ މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.