މިދިޔަ އާދިއްތަ ދުވަހު ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ)ގައި ރެކޯޑް އަދަދަކަށް ފްލައިޓް މޫވްމެންޓް ހަދައިފިއެވެ.
މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ (އެމްއޭސީއެލް)އިން ބުނި ގޮތުގައި އާދިއްތަ ދުވަހު ވީއައިއޭގައި 227 އެއާޓްރެފިކް މޫމަންޓް ހިނގާފައިވާ ކަމަށާއި އެއީ ރިކޯޑެއް ކަމަށެވެ.
އެ ކުންފުނިން ބުނި ގޮތުގައި އާދިއްތަ ދުވަހު، 69 ރަންވޭ މޫމަންްޓާއި 158 ސީޕްލޭން މޫމަންޓް ރެކޯޑު ކުރެވިފައިވާ ކަމަށެވެ.
ޖުލައި 15 ވަނަ ދުވަހު ރާއްޖޭގެ ބޯޑަރު ހުޅުވާލިފަހުން އެންމެ ގިނަ ޓޫރިސްޓުން އައީ ވެސް އާދިއްތަ ދުވަހުއެވެ. އެގޮތުން 1،582 ޓޫރިސްޓުން ރާއްޖެ އާދިއްތަ ދުވަހު އަޔެވެ.
ގެސްޓްހައުސްތައް ވެސް މިހާރު ހުޅުވާލާފައިވާއިރު ޓޫރިސްޓުން ރާއްޖެ އަންނަ މިންވަރު ދަނީ ދުވަހެއް ދުވަހަކުން އިތުރުވަމުންނެވެ.