މިނިސްޓަރ އޮފް ހެލްތު އަހްމަދު ނަސީމް

އެމްބިއުލާންސް މަދެއް ނޫން ކަމަށާއި ފަރުވާދިނުން ލަސްވި ސަބަބު ހޯދުމަށް ކުރި ތަހުގީގު މިރެއަށް ނިމޭނެކަމަށް ހެލްތް މިނިސްޓަރ އަހުމަދު ނަސީމު ވިދާޅުވެއްޖެއެވެ.

"ޖަޒީރާ" އިން ކުރި ސުވާލަކަށް ޖަވާބު ދެމުން މިނިސްޓަރ ވިދާޅުވީ، އެމްބިއުލާންސް ފޮނުވުމުގައި 3 މަރުހަލާއަކަށް ބަލާ ކަމަށެވެ. އަދި ރޭގެ ހާދިސާގައި 3 މަރުހަލާއާއިވެސް ހިލާފުވެފައިވާ ކަމަށާއި އެކަމުގައި އިދާރީ މައްސަލަ ފާހަގަކުރެވިފައިވާ ކަމަށް މިނިސްޓަ ވިދާޅުވި އެވެ.

ކޮވިޑްގެ މި އާލަމީ ވަބާގައި އެމްބިއުލާންސްތަކުގެ ހިދުމަތް ފެއިލްނުވެ ދެމުން އައި ކަން މިނިސްޓަރ ފާހަގަކުރެއްވި އެވެ. މިނިސްޓަރުވެސް ވަނީ ރޭގެ ހާދިސާއަކީ ފެއިލިއަރއެއްގެ ގޮތުގައި ސިފަކުރައްވާފަ އެވެ.

މިނިސްޓަރ ވިދާޅުވީ އެއީ އިދާރީ މައްސަލައެއް ކަމަށާއި އެ މައްސަލައިގެ ތަހުގީގު ވަރަށް ހާއްސަ ސަމާލުކަމެއް ދީގެން ބާރު ސްޕީޑްގައި ކުރިޔަށް ގެންދާކަމަށެވެ. ސީދާ ސަބަބު ދަންނަވަން އެނގިވަޑައިގަންނަވާނީ މިރޭގައި ތަހުގީގު ރިޕޯޓު ނިމުމުން ކަން ފާހަގަކުރައްވައި މިނިސްޓަރ އިތުރަށް ވިދާޅުވީ އެކަމާއި ގުޅޭ ތަފްސީލީ މައުލޫމާތު އެއަށް ފަހު އާންމުކުރައްވާނެ ކަމަށެވެ.

"ޖަޒީރާ" އާއި މިނިސްޓަރގެ އަމިއްލަ ހިޔާލުފުޅު ހިއްސާކުރައްވައި ވިދާޅުވީ، އެފަދަ ކަމެއް ހިނގީ ފަރުވާ ކުޑަކަމުންކަން ގަބޫލުކުރައްވާ ކަމަށެވެ. އަދި މައްސަލަތަކެއް ހުރިކަންވެސް ގަބޫލުކުރައްވާ ކަމަށެވެ. އެއަށްފަހުވެސް މިނިސްޓަރ ތަކުރާރުކޮށް "ޖަޒީރާ" އަށް ވިިދާޅުވީ ފުރިހަމަ ތަހުޤީޤެއް ރޭގެ ހާދިސާއާއި ގުޅޭގޮތުން ހިންގަމުން އަންނަކަމަށާއި، އޭގެފަހުން ސީދާ މައްސަލަތައް އެނގިގެންދާނެ ކަމަށެވެ.

މިޝްކާގެ މަރާއެކު ފުން ހިތާމަ އާއި ކަންބޮޑުވުން!

0
0
0
0
1

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.