އުމުރުން 1 އަހަރު ނުފުރޭ، 381 ތުއްތު ކުއްޖަކު މެއި ކޮވިޑް-19 އަށް ޕޮޒިޓިވް ވެފައިވާ ކަމަށް އެޗްޕީއޭއިން ބުނެފިއެވެ.
އުމުރުން 1 އަހަރު ނުފުރޭ ކުދިންގެ ތެރެއިން 400 އާ ގާތްކުރާ އަދަދަކަށް ކުދިން މެއި މަހު ޕޮޒިޓިވް ވެފައި ވާއިރު، އުމުރުން 10 އަހަރު ނުފުރޭ ކުދިންގެ ތެރެއިން 5000 އަށް ވުރެ ގިނަ ކުދިން ވަނީ މިއަހަރު ފެށުނު ފަހުން ވެސް ކޮވިޑަށް ޕޮޒިޓިވް ވެފައެވެ.
އެވްރެޖްކޮށް ބަލާނަމަ، ދުވާލަކަށް ފަންސާހަކަށް ކުދިން ޕޮޒިޓިވް ވެއެވެ.
މިހާ ގިނަ ކުދިން ކޮވިޑް-19 އަށް ޕޮޒިޓިވް ވެފައި ވާއިރު، މި އަހަރު ފެށުނު ފަހުން ވެސް ކޮވިޑްގެ އަދަދުތައް ރިކޯޑް އަދަދުތަކުން ޕޮޒިޓިވް ވަމުން އަންނަކަން ފާހަގަ ކޮށްލެވެއެވެ. އެގޮތުން، ޕޮޒިޓިވް ވާ މީހުންގެ ތެރެއިން 0.3 މީހުން މަރުވަމުން އަންނަ ކަން ފާހަގަ ކޮށްލެވެއެވެ.
ކޮވިޑްގައި ރާއްޖޭގައި ޖުމްލަ 171 މީހަކު މަރުވެފައި ވާއިރު، އޭގެ ތެރެއިން 122 މީހަކު މަރުވީ މި ހިނގާ 2021 ވަނަ އަހަރު ފެށުނު ފަހުންނެވެ. އޭގެ ތެރެއިން 88 މީހުން މަރުވީ މިދިޔަ މޭ މަހުއެވެ.
ކޮވިޑަށް ރާއްޖެއިން ޕޮޒިޓިވްވެފައިވާ މީހުންގެ އަދަދު 65،164 އަށް އަރާފައި ވާއިރު، އޭގެ ތެރެއިން 51،407 މީހަކު ޕޮޒިޓިވް ވީ 2021 ވަނަ އަހަރުއެވެ. ހަމައެއާއެކު، އޭގެ ތެރެއިން 34،159 މީހަކު ޕޮޒިޓިވް ވީ ނިމިދިޔަ މޭ މަސް ތެރޭގައެވެ.