މޯލްޑިވިއަންގެ ފްލައިޓެއް ރަންވޭ މަތީގައި

ގައުމީ އެއާލައިން، މޯލްޑިވިއަނުން ބަންގްލާދޭޝްގެ ޑާކާ އަށް ދަތުރުކުރުން ހުއްޓާލައިފިއެވެ.

މޯލްޑިވިއަނުން ބުނީ، ރާއްޖެއާ ޑާކާއާ ދެމެދު ދަތުރުކުރުން ހުއްޓާލާނީ އަންނަ ހުކުރު ދުވަހުން ފެށިގެން ކަމަށެވެ. އަދި އިތުރު ގޮތެއް އަންގަންދެން ޑާކާއަށް ދަތުރު ނުކުރާނެ ކަމަށް މޯލްޑިވިއަނުން ބުނެއެވެ.

އެ ކުންފުނިން އިތުރަށް ބުނީ، ހުކުރު ދުވަހުން ފެށިގެން ޑާކާއާށް ކުރާ ދަތުރުތައް ހުއްޓާލާތީ، އެދުވަހަށް ޝެޑިއުލް ކޮށްފައި ވާ ފްލައިޓް މާދަމާ މެންދުރަށް އަވަސް ކޮށްފައި ވާ ކަމަށެވެ. އަދި އެ ފްލައިޓް އޮންނާނީ މާދަމާ މެންދުރު 2:25 ގައި ކަމަށް މޯލްޑިވިއަނުން ބުނެއެވެ.

މޯލްޑިވިއަނުން އެގޮތަށް ނިންމާފައި ވަނީ، ބަންގްލަދޭޝްގައި ހަލުވި ކަމާއެކު ކޮވިޑް-19 ފެތުރެމުން ދާތީ، ރައްކާތެރިވުމަށްޓަކައި އަޅާ ފިޔަވަޅެއްގެ ގޮތުން ބަންގްލަދޭޝާއި ރާއްޖެއާ ދެމެދު ދަތުރު ކުރުން ހުއްޓާލުމަށް ނިންމާފައިވުމާ ގުޅިގެންނެވެ.

ބަންގްލަދޭޝް އިން ކޮވިޑުން ރައްކާތެރިވުމަށް އަޅާފައި ވާ ފިޔަވަޅުތައް ހަރުދަނާ ކޮށްފައި ވާއިރު، އިއްޔެ އެކަނި ވެސް އެގައުމުން 1988 ކޭސް ރިޕޯޓް ކޮށްފައި ވެއެވެ. އަދި 34 މީހަކު މަރުވެފައި ވެއެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.