ސ. މަރަދޫ މެޖިސްޓްރޭޓް ކޯޓުގެ އިސްމެޖިސްޓްރޭޓް ކަމަށް އައްޔަން ކުރުމަށް ނިންމާފައި ވާ ހާމިދު ރަޝީދު ފަނޑިޔާރު ކަމުގެ ހުވާ ކުރައްވައިފިއެވެ.
އިސްމެޖިސްޓްރޭޓް ކަމަށް ހާމިދު ރަޝީދު އައްޔަންކޮށް، މަގާމުގެ ހުވާ ކުރުމުގެ ރަސްމިއްޔާތު ބާއްވާފައި ވަނީ އޮންލައިންކޮށެވެ.
މި މަގާމަށް އޭނާ އައްޔަން ކޮށްފައި ވަނީ މަރަދޫ މެޖިސްޓްރޭޓް ކޯޓަށް ފަނޑިޔާރުން ހޯދަން ޖޭއެސްސީން އިއުލާން ކުރުމުން، އެ މަގާމަށް ކުރިމަތި ލައިގެން، އޭނާ އައްޔަން ކުރަން ފެންނަ ކަމަށް ޖޭއެސްސީން ނިންމުމުންނެވެ.
މަރަދޫ މެޖިސްޓްރޭޓް ކޯޓުގެ އިސްމެޖިސްޓްރޭޓް ކަމަށް އައްޔަން ކުރި ހާމިދު ވަނީ ދިވެހިރާއްޖޭގެ އިސްލާމިކް ޔުނިވަރސިޓީން ބެޗްލަރ އޮފް ޝަރީއާ އެންޑް ލޯ ވިތް އޮނާރސް ހާސިލް ކުރައްވާފައެވެ. މީގެ ކުރިން ހާމިދު ވަނީ ޕްރޮސެކިއުޓަރ ޖެނެރަލް އޮފީހުުގެ ޕްރޮސެކިއޓަރެއްގެ މަގާމުވެސް އަދާ ކުރައްވާފައެވެ. ހަމިދު އެ މަގާމު ފުރުއްވާފައި ވަނީ ދެ އަހަރާއި 5 މަސް ދުވަހަށެވެ.