ދިވެހިރާއްޖޭގެ ކުޅިވަރުގެ ޤާނޫނަށް ހުށަހަޅާފައިވާ އިސްލާހުތަކާއި މެދު ޤައުމީ ކުޅިވަރު އެސޯސިއޭޝަންތަކުން ކަންބޮޑުވުން ފާޅުކޮށްފިއެވެ. 

އެ އެސޯސިއޭޝަންތަކުން ކަންބޮޑުވުން ފާޅުކުރީ ހެންވޭރު ހުޅަނގު ދާއިރާގެ މެމްބަރު އަދި އެމްޑީޕީގެ ޗެއަރޕާސަން 2015 ވަނަ އަހަރު އެކުލަވާލި ކުޅިވަރު ގާނޫނަށް ހުށަހަޅުއްވާފައިވާ އިސްލާހުތަކާއި މެދުއެވެ. އެގޮތުން މި އިސްލާހުތަކުގައި ވަނީ ކުޅިވަރު އެސޯސިއޭޭޝަންތަކާއި، ސްޕޯޓްސް ކައުންސިލާއި، ސްޕޯޓްސް ކޮމިޝަން، ސްޕޯޓްސް ކޯޕަރޭޝަން އަދި ސްޕޯޓްސް އިންސްޓިއުޓާއި ގުޅޭ ގިނަ ކަންކަން ހިމަނާފައެވެ. އަދި ކުޅިވަރާއި ބެހޭ ވަޒީރުގެ ބާރުތަކާއި މަސްއޫލިއްޔަތުތަކާއި ގުޅޭގޮތުން ވެސް ވަނީ އިސްލާހު ހުށަހަޅާފައެވެ. 

މިކަމާއި ވިދިގެން މިއަދު 18 ޤައުމީ ކުޅިވަރު އެސޯސިއޭޝަން ގުޅިގެން ވަނީ ކަންބޮޑުވުން ފާޅުކޮށް ބަޔާނެއް ނެރެފައެވެ. އެ ބަޔާނުގައި ވަނީ މި އިސްލާހުތަކަކީ އިންޓަނޭޝަނަލް އޮލިމްޕިކް ޗާޓަރާއި ހިލާފު އިސްލާހުތަކެއް ކަމަށް ބަޔާންކޮށް ބައިނަލްއަގްވާމީ ކުޅިވަރުތަކުން ރާއްޖެ ސަސްޕެންޑް ކުރުމުގެ ފުރުސަތު އޮތް ކަމަށް ބުނެފައެވެ. އަދި މިއީ ރާއްޖޭގެ ކުޅިވަރު އާއިލާ އާއި ކުޅިވަރަށް ލޯބިކުރާ އެއްވެސް މީހަކު އެދޭނެ ގޮތް ނޫން ކަމަށް ވެސް ވަނީ ބުނެފައެވެ. 

ރައީސް ސޯލިހުގެ ސަރުކާރުން ކުޅިވަރު ސިޔާސީ ނުކޮށް ކުޅިވަރު އެސޯސިއޭޝަންތަކާއި ގާތް ގުޅުމެއް ބާއްވަމުންދާކަން ވަނީ ފާހަގަކޮށްފައެވެ. އަދި މި ގުޅުމުގެ ތެރެއިން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން ދިވެހި ގައުމު ފަޚުރުވެރިވާ ފަދަ ކާމިޔާބީތަކެއް ދިވެހި ކުޅުންތެރިން ހޯދަމުންދާކަން ވަނީ ފާހަގަކޮށްފައެވެ. އަދި ކުޅިވަރު ތަރައްގީކޮށް ކުރިއެރުވުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތަކަށް އެސޯސިއޭޝަންތަކުގެ ފުރިހަމަ އެއްބާރުލުން ލިބޭނެ ކަމަށް ވަނީ ބަޔާންކޮށްފައެވެ. 

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.