ތިނަދޫގައި އެކްސިޑެންޓް ވި ކާރު މޫދުގައި -- ފޮޓޯ: ގާފު

ގދ. ތިނަދޫގައި މިއަދު ހިނގި އެކްސިޑެންޓެއްގައި ތިން މީހަކަށް އެކިވަރުގެ އަނިޔާ ލިބިއްޖެ އެވެ. އެނގިފައިވާގޮތުގައި އެކަކުގެ ހާލު ސީރިއަސް އެވެ.

ޑރ. އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލާ ހަވާލާދީ ތިނަދޫގެ ކޮމިއުނިޓީ ނޫސް، 'ގާފު' އިން ރިޕޯޓް ކޮށްފައިވާ ގޮތުގައި، އެކްސިޑެންޓުގައި އަނިޔާވި ތިން މީހުންގެ ތެރެއިން އެކަކަށް ފަރުވާ ދެމުން ދަނީ އައިސީޔޫގައެވެ.

އެ ނޫހުން ރިޕޯޓްކޮށްފައިވާ ގޮތުގައި މި އެކްސިޑެންޓް ހިނގާފައި ވަނީ ކާރެއް ކޮންޓްރޯލް ނުވެގެން ގޮސް، އެރަށު އުތުރު ފަރާތު ހިއްކި ސަރަހައްދުގެ ރިވެންޓްމަންޓް ހިލަތައް މަތިން މޫދަށް ވެއްޓިގެންނެވެ. އަދި ކާރު މޫދަށް ވެއްޓިފައި ވަނީ އެ ސަރަހައްދުގެ މޫދާ ދިމާލަށް އޮންނަ މަގަކުން ގޯޅި އަޅަން އުޅުމުގެ ތެރޭގައި ކޮންޓްރޯލުން ނެއްޓިގެން ކަމަށް ވެސް ރިޕޯޓް ކޮށްފައި ވެއެވެ.

އެކްސިޑެންޓްވެ، މޫދަށް ވެއްޓުނު ކާރަށް ބޮޑެތި ގެއްލުންތަކެއް ވެފައިވާ މަންޒަރު ފޮޓޯތަކުން ފެނެއެވެ. އަދި މިހާރު ކެރޭނެއްގެ އެހީގައި ކާރު މޫދުން ނެގުމުގެ މަސައްކަތް ކުރަމުން ދާ ކަމަށާއި، އެ ސަރަހައްދުގައި ފުލުހުން ހަރަކާތްތެރިވަމުން ދާ ކަމަށް ވެސް ގާފުން ރިޕޯޓް ކޮށްފައި ވެއެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *