ހެލްތު މިނިސްޓްރީއިން ކޮވިޑްއާ ގުޅިގެން ވެންޓިލޭޓަރު ހޯދުމަށް ހިންގާފައިވާ މުއާމަލާތްތަކާ ގުޅޭ މައްސަލަ އަލުން ރިވިއު ކުރުމަށް ޕްރޮސިކިއުޓާ ޖެނަރަލް (ޕީޖީ)އަށް އެދެން ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފިއެވެ. 

މިގޮތަށް ފާސްކޮށްފައިވަނީ މިއަދު ބޭއްވި މަޖިލީހުގެ ޖަލްސާގައެވެ. ޖުޑީޝިއަރީ ކޮމިޓީއިން ހުށަހެޅި ގޮތަށް މި ރިޕޯޓް ފާސްވީ 50 މެމްބަރުންގެ ވޯޓާއެކުއެވެ. 

ވެންޓިލޭޓަރު މައްސަލަ އަލުން ރިވިއުކޮށްދިނުމަށް މަޖިލީހުން އެދިފައިވަނީ އެ މައްސަލާގައި ދައުވާ ކުރާނެ މިންވަރަށް ހެކި ނެތް ކަމަށް ޕީޖީ ހުސެއިން ޝަމީމް ވިދާޅުވެފައިވަނިކޮށެވެ. އެކަމާ ގުޅިގެން ވަރަށް ގިނަ ފާޑުކިޔުންތައް އޭސީސީއަށް އަމާޒުވެ، އެ ކޮމިޝަންގެ ގާބިލްކަމާމެދު ސުވާލު އުފެއްދިއެވެ. ނަމަވެސް އޭސީސީއިން ވަނީ ދައުވާ ކުރާނެ ވަރަށް ހެކި ހުންނާނެ ކަމަށް ބުނެ ޕީޖީއަށް ރައްދުދީފައެވެ.

އޭސީސީއިން ވެސް މިހާރު ވަނީ ވެންޓިލޭޓަރު މައްސަލަ ރިވިއުކޮށް ދިނުމަށް އެދި ފޮނުވާފައެވެ. މި މައްސަލަ ޖުޑިޝަރީ ކޮމިޓީއިން ބެލިއިރު ޕީޖީ ވެސް ހާޒިރުކުރިއެވެ. ނަމަވެސް އެ ބައްދަލުވުން ގެންދިޔައީ ސިއްރުކޮށްގެންނެވެ. 

ވެންޓިލޭޓަރު މައްސަލާގައި ކުރީގެ ހެލްތު މިނިސްޓަރު އަބްދުﷲ އަމީން އާއި ހެލްތު މިނިސްޓްރީގެ ބިޑް ކޮމިޓީ އާއި އެހެން ވެސް ބައެއް ބޭފުޅުން ހިމެނޭ ގޮތަށް 11 މީހެއްގެ މައްޗަށް ދައުވާކޮށް ދިނުމަށް އެދި އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)އިން ޕީޖީ އޮފީހުގައި އެދުނެވެ.

ދައުވާ ނުކުރަން ޕީޖީއިން ނިންމި ފަހުން އެކަމުގެ ހޫނުގެ ތެރޭގައި އަމީން ވަނީ މަގާމުން އިސްތިއުފާ ދެއްވާފައެވެ. އޭނާ މަގާމުން އިސްތިއުފާ ދެއްވީ އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލީހަށް ހުށަހަޅާފައިވަނިކޮށެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.