އެމްބިއުލާންސް ލަސްވެގެން އުމުރުން 10 އަހަރުގެ ފާތިމަތު މިޝްކާ މުހައްމަދު މަރުވި މައްސަލަގައި އިދިކޮޅު, ޕްރޮގްރެސިވް ކޯލިޝަނުން ހެލްތު މިނިސްޓަރ އަހުމަދު ނަސީމުގެ އިސްތިއުފާއަށް ގޮވާލައިފިއެވެ.

މައުލޫމާތު ލިބޭ ގޮތުގައި މި ކުއްޖާ ހާލު ދެރަވެގެން ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އަށް ގުޅުމުން އެމްބިއުލެންސް އައީ 2 ގަޑި އިރަށް ވުރެ ގިނަ އިރު ފަހުންނެވެ. އެ ކުއްޖާގެ އާއިލާއިން ބުނެފައިވަނީ ކޮވިޑަށް ޕޮޒިޓިވްވި ނަމަވެސް، އިއްޔެ އާއި ހަމަޔަށް އެ ކުއްޖާގެ ހާލު ރަނގަޅު ކަމަށެވެ.

ރާއްޖެއިން ކޮވިޑު ޖެހުނު ކުޑަ އަންހެން ކުއްޖެއް މަރުވެއްޖެ

 

މި މައްސަލައާއި ގުޅިގެން އިދިކޮޅުން ނެރުނު ބަޔާނެއްގައި ބުނީ ކޮވިޑް މެނޭޖްކުރުމުގައި ސަރުކާރު ވަނީ ފެއިލްވެފައި ކަމަށެވެ. އަދި ހެލްތު މިނިސްޓްރީއާއި އެ ވުޒާރާގެ ދަށުން މަސައްކަތްކުރާ މުއައްސަސާތަކުގެ އިހުމާލުން އެތައް ފުރާނައެއް ދުނިޔެއާއި ވަކިވެގެންދިއުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަން ފާހަގަކޮށް އިދިކޮޅުން ބުނީ މިފަދަ މައްސަލަތަކުގައި މައާފަށް އެދި ނިންމާލުމަކީ ވެސް ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށެވެ.

އިދިކޮޅުގެ ބަޔާނުގައި ވަނީ މިފަދަ މައްސަލަތައް އިންސާފުވެރިކަމާއި އެކު، އަވަހަށް ތަހުގީގު ނިންމާ، އިހުމާލުވާ ފަރާތްތަކާއި މެދު ފިޔަވަޅު އެޅުމަށް ގޮވާލާފައެވެ.

މީގެއިތުރުން، އެ ބަޔާނުގައި ބުނެފައިވަނީ ކޮވިޑަށް ސަރުކާރުން 3.5 ބިލިއަނަށް ވުރެ ގިނަ ފައިސާ ހަރަދުކުރި ނަމަވެސް، އެ ހަރަދުތައް ކުރީ ރައްޔިތުންނަށް ފައިދާވާ ގޮތަކަށް ނޫން ކަމަށެވެ. އެގޮތުން ކޮވިޑް ފެސިލިޓީތަކާއި، ޓެސްޓު ކުރެވޭނެ ނިޒާމާއި އިތުރު ވަސީލަތްތައް މި ހާލަތަށް ރިއާޔަތްކޮށް ގާއިމުކުރެވިފައިނުވާ ކަމަށެވެ.

މި މައްސަލަ މިހާރު ވަނީ ރައްޔިތުންގެ މަޖިލީހަށް ހުށައަޅާފައެވެ. މި މައްސަލައިގައި ހެލްތު މިނިސްޓްރީން ބުނެފައިވަނީ އެމްބިއުލަންސް ލަސްވެ، ފަރުވާ ލަސްވި މައްސަލައެއް ބަލަމުން އަންނަ ކަމަށެވެ. އަދި މިވަގުތަށް ގެންނަން ޖެހޭ ބަދަލުތައް ގެނެސްފައިވާ ކަމަށެވެ.

ކުޑަކުއްޖަކު މަރުވި މައްސަލަ މަޖިލީހަށް

ކޮވިޑުގެ ކުރިން ވެސް ސިއްހީ ފަރުވާ ލަސްވުމުގެ ސަބަބުން އެތައް މައްސަލައެއް ފެންމަތިވެފައިވެއެވެ.

0
0
0
0
1

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.