މިއަހަރުގެ މިހާތަނަށް ފަތުރުވެރިކަން އެންމެ ބޮޑަށް ދަށަށް ގޮސްފައިވަނީ މި ހުސްވި މެއި މަހު ކަމަށް ޓޫރިޒަމް މިނިސްޓްރީގެ ތަފާސް ހިސާބުތަކުން ދައްކައިފިއެވެ.

ޓޫރިޒަމް މިނިސްޓްރީން އެންމެ ފަހުން އާންމުކޮށްފައިވާ "މޯލްޑިވްސް ޓޫރިޒަމް ބުލެޓިންގ" ގައިވާގޮތުން މި ހުސްވި މެއި މަހު ރާއްޖެ ޒިޔާރަތްކޮށްފައިވަނީ 64,613 ފަތުރުވެރިންނެވެ. އަދި އެންމެ ގިނައިން ފަތުރުވެރިން ޒިޔާރަތްކޮށްފައިވަނީ ޖެނުއަރީ މަހުގަ އެވެ. އެއީ 109585 ފަތުރުވެރިންނެވެ.

ދެ ވަނައަށް އެންމެ ގިނައިން ފަތުރުވެރިން ޒިޔާރަތްކޮށްފައިވަނީ ފެބްރުއަރީ މަހުއެވެ. އެއީ 96882 ފަތުރުވެރިންނެވެ.

މެއި މަހު ފަތުރުވެރިން ރާއްޖެ ޒިޔާރަތްކުރާ އަދަދު ދަށަށް ގޮސްފައިވަނީ ކޯވިޑް ކޭސްތައް ރާއްޖޭގައި އިތުރުވާންފެށުމާއި ގުޅިގެން ބައެއް އެއަރލައިންތަކުގެ ދަތުރުތައް ރާއްޖެއަށް މެދުކަނޑާލުމާއި ގުޅިގެންނެވެ.

ޓޫރިޒަމް މިނިސްޓްރީން ހާމަކޮށްފައިވާގޮތުން ބައިނަލްއަޤްވާމީ 37 އެއަރލައިނަކުން ރާއްޖެއަށް ދަތުރުތައް ފަށާފައިވެއެވެ. އޭގެތެރޭގައި ޝެޑިއުލް ދަތުރުތައް ކުރަމުން އަންނަ ރާއްޖެއަށް 28 އެއަރލައިންއެއް ހިމެނޭއިރު 9 އެއަރލައިނަކުން އަންނަނީ ޗާޓަރ ދަތުރުތައް ކުރަމުންނެވެ.

ރާއްޖެއަށް މިހާރު ޝެޑިއުލް ދަތުރުކުރާ އެއަރލައިންތަކުގެ ތެރޭގައި ޔޫރަޕްގެ 9 އެއަރލައިންއަކާއި، މެދުއިރުމަތީގެ 6 އެއަރލައިންއަކާއި، އިންޑިއާގެ 3 އެއަރލައިނެއްގެ އިތުރުން އެހެނިހެން ސަރަހައްދުތަކުގެ 4 އެއަރލައިން ހިމެނެއެވެ. ޗާޓަރ ދަތުރުތައްކުރާ އެއަރލައިންތަކުގެ ތެރޭގައި ހިމެނެނީ ޔޫރަޕްގެ 7 އެއަރލައިންއަކާއި މެދުއިރުމަތީގެ 1 އެއަރލައިނެކެވެ.

ޖަޒީރާއަށް ދެއްވި ޚާއްސ އިންޓަވިއުއެއްގައި  ޓޫރިޒަމް މިނިސްޓަރ ޑރ. އަބްދުﷲ މައުސޫމް ވިދާޅުވެފައިވަނީ މިފެށުނު ޖޫން މަހުގެ މެދެއްހާ ހިސާބުގައި ރާއްޖޭގެ ފަތުރުވެރިކަން ރަނގަޅުވާނެ ކަމަށް ލަފާކުރެވޭ ކަމަށެވެ.

"ޖޫން މެދެއްހާ ހިސާބު ފަތުރުވެރިކަން ރަނގަޅުވާނެ"

ޓޫރިޒަމް މިނިސްޓްރީން ހާމަކޮށްފައިވާގޮތުން މިހާތަނަށް އެންމެ ގިނައިން ފަތުރުވެރިން ރާއްޖެ ޒިޔާރަތްކުރި 10 ގައުމު ތެރެއިން އެންމެ ކުޜީގައި އުޅެނީ ރަޝިޔާއެވެ. ދެވަނައިގައި އިންޑިއާ އޮތް އިރު ލ،ިސްޓްގެ ތިންވަނަގައި އުޅެނީ ޔުނައިޓެޑް އެރެބް އެމިރޭޓްސް (ޔޫއޭއީ) އެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.