މާލެއިން ގެއްލިގެން ހޯދަމުންދަނިކޮށް މިއަދު ހެނދުނު ފެނުނު އަންހެން މީހާ ރަހީނުކޮށްފައިވާ ކަމަށް ބެލެވޭތީ އެ މައްސަލަ ތަހުގީގު ކުރަމުން އަންނަ ކަމަށް ފުލުހުން ބުނެފިއެވެ. 

އޮކްޓޯބަރ 31 ވަނަ ދުވަހުގެ 13:30 އިން ފެށިގެން ލަގްޒަރީ/ރ.ކިނޮޅަސް، ޝިރުމީނާ އަބޫބަކުރު (33އ) ވީނުވީއެއް ނޭނގި ގެއްލިގެން ހޯދަމުންދިޔައިރު އާއިލާގެ ފަރާތުން ފުލުހުންނަށް އެކަން ރިޕޯޓް ކޮށްފައިވަނީ ހަމަ އެދުވަހުގެ ރޭ 22:45 ގައެވެ.

އޭނާ ހޯދުމަށް ފުލުހުން މަސައްކަތްކޮށްފައިވާއިރު، މިކަމުގައި އާންމުންގެ އެހީތެރިކަމަށްވެސް އެދިފައިވަނިކޮށް މިއަދު ހެނދުނު 8:45 އެހާކަށްހާއިރު އޭނާ ގެޔަށް ގޮސްފައިވާ ކަމަށް ފުލުހުން ބުނެފައިވެއެވެ. ބައެއް މީޑިއާތަކަށް އޭނާގެ އާއިލާތަކުން މައުލޫމާތު ދީފައިވާ ގޮތުގައި އޭނާ ގެއްލުނީ ބަޔަކު އޭނާ ރަހީނުކުރުމުންނެވެ. އަދި އޭނާއަށް އަނިޔާ ދީފައިވާ ކަމަށް ވެސް ބުނެފައިވެއެވެ. 

ފުލުހުން ފަހުން ބުނީ ބަޔަކުވެގެން ޝިރުމީނާ ރަހީނުކޮށް އޭނާއާ މެދު އަނިޔާވެރި އަމަލުތަކެއް ހިންގައި، ބްލެކްމެއިލްކޮށް ފައިސާ އަތުލާފައިވާ ކަމަށް ބެލެވޭ ކަމަށެވެ. އަދި އެ މައްސަލަ ތަހުގީގު ކުރަމުން އަންނަ ކަމަށާއި އޭނާ ޑޮކްޓަރަށް ދައްކައި ފަރުވާ ދިނުމުގެ ކަންކަން ކުރަމުންދާ ކަމަށް ފުލުހުން ބުނެފައިވެއެވެ. 

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.