އެޑިއުކޭޝަން މިނިސްޓަރ ޑރ. އައިޝަތު އަލީ

ޒުވާނުންގެ މެދުގައި މަގުބޫލު އެޕްލިކޭޝަނެއް ކަމަށްވާ "ޓިކްޓޮކް" ބޭނުން ނުކުރާކަމަށް މިނިސްޓްރީ އޮފް އެޑިއުކެޝަނުން ބުނެފިއެވެ.

އެޑިއުކޭޝަން މިނިސްޓްރީން ކޮށްފައިވާ ޓްވީޓެއްގައި ވަނީ ޓިކް ޓޮކްގައި "އެޑިއުކޭޝަން މިނިސްޓްރީ އެމްވީ" ގެ ނަމުގައި ހަރަކާތްތެރިވާ އެ އެކައުންޓަކީ އެ މިނިސްޓްރީގެ އެކައުންޓެއް ނޫންކަމަށެވެ.

އެޑިއުކޭޝަން މިނިސްޓްރީ އޮފް ދަ މޯލްޑިވްސްގެ ނަމުގައި ހުޅުވާފައިވާ އެކައުންޓުން 1545 މީހަކު ފޮލޯކޮށްފައިވެއެވެ. އަދި 103 މީހަކު އެ އެކަންއުޓަށް ފޮލޯކޮށްފައިވެއެވެ. މި އެކައުންޓަކީ ޕްރައިވެޓް އެކައުންޓަކަސް ވުމުން އެއްވެސް ވީޑިއޯއެއް ފެންނާކަށް ނެތެވެ.

ސަރުކާރުގެ އެއްވެސް މުއައްސަސާއަކުން ޓިކްޓޮކް ބޭނުން ކުރާކަން ރަސްމީކޮށް ހާމަކޮށްފައެއް ނުވެއެވެ. ރާއްޖޭގެ އިސް އިދާރާއަކުން "ޓިކްޓޮކް" އެކައުންޓެއް ބޭނުން ކުރާކަން ހާމަކޮށްފައި ވަނީ ރައްޔިތުންގެ މަޖިލީހުން އެކަންޏެވެ.

މުނިފޫހި ފިލުވުމުގެ ގޮތުން ގިނަ ބައެއްގެ މެދުގައި ބޮޑު ތަރުހީބެއް އޮންނަ "ޓިކްޓޮކް" އަކީ އާންމުން އެމީހުންގެ ތަފާތު ހުނަރުތައް ދައްކަމުންދާ ޕްލެޓް ފޯމެކެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.