އެމްބިއުލާންސް ލަސްވެގެން، އުމުރުން 10 އަހަރުގެ ފާތިމަތު މިޝްކާ މުހައްމަދު މަރުވި މައްސަލަ ރައްޔިތުންގެ މަޖިލީހަށް ހުށައަޅައިފި އެވެ.

މި މައްސަލަ މަޖިލީހަށް ހުށައެޅުއްވީ މައްޗަންގޮޅި ދެކުނު ދާއިރާގެ މެމްބަރު އަހުމަދު ހައިތަމްއެވެ.

ހައިތަމް ހުށައެޅުއްވި ކުއްލި މައްސަލައިގައި ވަނީ އެންބިއުލެންސް ލަސްވުމުގެ ސަބަބުން ފަރުވާ ދިނުމަށް ހޮސްޕިޓަލަށް ގެންދިއުން ލަސްވެ، އިއްޔެ ކުޑަ ކުއްޖެއް މަރުވި މައްސަލައިގައި ސިއްހީ ފަރުވާ ލިބުން ލަސްވި ސަބަބާއި މިކަން މިއަށް ވުރެން ފަރުވާތެރި ކަމާއިއެކު ނުގެންދެވޭ ސަބަބުގެ އިތުރުން މާލޭގެ އާބާދީ އާއި އެކަށީގެން ވާވަރަށް ހިދުމަތް ދެވޭ އަދަދަށް ސިއްހީ އާލާތްތަށް ހުރިތޯ ބަލަން ހުށައަޅުއްވާފައެވެ. އެކަން ފާހަގަކުރައްވާ މެމްބަރު ވަނީ އެކަމުގައި ޒިންމާ ނަގަން ޖެހޭ ފަރާތްތަކާއި ސުވާލު ކުރަން ޖެހޭ ކަމަށް ވިދާޅުވެފައެވެ.

މައްޗަންގޮޅި ދެކުނު ދާއިރާގެ މެންބަރު އަހުމަދު ހައިތަމް

މައުލޫމާތު ލިބޭ ގޮތުގައި މި ކުއްޖާ ހާލު ދެރަވެގެން ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އަށް ގުޅުމުން އެމްބިއުލެންސް އައީ 2 ގަޑި އިރަށް ވުރެ ގިނަ އިރު ފަހުންނެވެ. އެ ކުއްޖާގެ އާއިލާއިން ބުނެފައިވަނީ ކޮވިޑަށް ޕޮޒިޓިވްވި ނަމަވެސް، އިއްޔެ އާއި ހަމަޔަށް އެ ކުއްޖާގެ ހާލު ރަނގަޅު ކަމަށެވެ. އާއިލާއިން އައިޖީއެމްއެޗަަށް ވެސް ގުޅިއެވެ.

ހެލްތު މިނިސްޓްރީން ބުނީ އެމްބިއުލަންސް ލަސްވެ، ފަރުވާ ލަސްވި މައްސަލައެއް ބަލަމުން އަންނަ ކަމަށެވެ. އަދި މިވަގުތަށް ގެންނަން ޖެހޭ ބަދަލުތައް ގެނެސްފައިވާ ކަމަށެވެ.

ކޮވިޑުގެ ކުރިން ވެސް ސިއްހީ ފަރުވާ ލަސްވުމުގެ ސަބަބުން އެތައް މައްސަލައެއް ފެންމަތިވެފައިވެއެވެ.

 

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.