މާލެ ވިޔަފާރި ބަނދަރު

މާލެ ވިޔަފާރި ބަނދަރަށް މުދާ ބަރުކުރަން ވަދެފައިވާ ދޯންޏެއްގެ ފަޅުވެރިއަކު މަރުވެއްޖެއެވެ.

މި ހާދިސާއާއި ގުޅޭގޮތުން މައުލޫމާތު ދެއްވަމުން އެމްޕީއެލްގެ ސްޕޯކްސް ޕަރސަން ދާނިޝް ނިޒާމް ވިދާޅުވީ، މުދާ ބަރުކުރުމަށް ވަދެފައިވާ ސޮނީ ހާރޑްވެއަރގެ "ފަރުމާ" ދޯނީގެ ބަންގްލަދޭޝް ފަޅުވެރިޔެކެވެ.

ހޭނެތިގެން މި މީހާ ވެއްޓުމާއެކު، އެމްޕީއެލްގެ މެޑިކަލް ޓީމުން އެ ސަރަހައްދަށް ގޮސް، ސީޕީއާރު ދިނުމަށްފަހު، އެމްބިއުލާންސްގައި 3 މިނެޓު ތެރޭގައި އައިޖީއެމްއެޗް ހޮސްޕިޓަލަށް ގެންދިޔަ ކަމަށްވެސް ދާނިޝް ވަނީ ވިދާޅުވެފައެވެ.

"ހޭ ނެތިގެން ވެއްޓުމުން އެމްޕީއެލްގެ މެޑިކަލް ޓީމުން އެ ހާދިސާ ހިނގި ސަރަހައްދަށް އެޓެންޑްވެ ސީޕީއާރު ދިނުމަށް ފަހު، ތިން މިނެޓުގެ ތެރޭގައި އެމްބިއުލާންސްގައި އައިޖީއެމް ހޮސްޕިޓަލަށް ގެންދިޔަ" ދާނިޝް ވިދާޅުވިއެވެ.

ދާނިޝް ވިދާޅުވީ، މި މީހާ ހޮސްޕިޓަލަށް ގެންގޮސްފައިވަނީ 11:26 ހާއިރު ކަމަށާއި، ފަރުވާ ދެމުން ދަނިކޮށް މަރުވީ މީގެ އިރުކޮޅެއް ކުރިން ކަމަށެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.