އައްޑޫ އިކުއެޓޯރިއަލް ހޮސްޕިޓަލުގެ (އޭއީއެޗް) ޗީފް އެގްޒެކެޓިވްގެ މަގާމަށް ބޭފުޅަކު ރައީސުލްޖުމްހޫރިއްޔާ އައްޔަންކުރައްވައިފިއެވެ.
އެ ހޮސްޕިޓަލުގެ ސީއީއޯގެ މަގާމަށް ރައީސް އައްޔަންކުރައްވާފައިވަނީ ކުއްޅަވަށްގެ/ސ.ހުޅުދޫ، ޑރ.މުހައްމަދު ޞާލިހުއެވެ. އޭނާ މަގާމުގެ މަސްއޫލިއްޔަތުތަކާއި ރަސްމީކޮށް ހަވާލުވެވަޑައިގެންފައިވާކަމެއް އަދި ޔަގީނެއް ނޫނެވެ.
ޑރ.ޞާލިހު އަކީ މެޑިކާ ހޮސްޕިޓަލު ހިންގުމުގައި އިސްކޮށް މަސައްކަތް ކުރައްވާފައިވާ ފަރާތެކެވެ. އޭނާ އޭއީއެޗްގެ ސީއީއޯގެ މަޤާމަށް ޢައްޔަނުކުރައްވާފައިވަނީ މިނިސްޓަރުގެ ނައިބުންނާއި އެ ފެންވަރުގައެވެ.
ޖެނުއަރީ 15ވަނަ ދުވަހު ރަސްމީކޮށް ހިދުމަތްދޭން ފެށުނު އޭއީއެޗް ހޮސްޕިޓަލުން ބޮޑެތި އެތައް ބަލިތަކަކަށް ފަރުވާ ދިނުމުގެ ހިދުމަތް ހަމަޖެހިފައިވެއެވެ. މީގެ އިތުރުންވެސް ބޮޑެތި އޮޕަރޭޝަންތައްވެސް އެ ހޮސްޕިޓަލުގައި ކުރެވެއެވެ.